އިންނަމާދޫ ޖަލްސާގައި އަދުރޭ ވާހަކަ ދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
21 Sep 2023 | 16:53
ބަރުލަމާނީ ނިޒާމެއް އޮތިއްްޔާ މި ގައުމުގައި އޮންނާނީ އިންޑިޔާއިން ބޭނުންވާ ވެރިކަމެއް: އަބްދުއްރަހީމް

ދިވެހިރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ، ރާއްޖޭގައި ވެރިކަން ކުރާނީ އިންޑިޔާފަދަ ފައިސާ ހުރި ގައުމުތަކުން ބޭނުން ބައެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. ދެން އޮންނާނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ތަޅުމުން ފާސްކުރުމެވެ. އެ ގަރާރަށް ބަހުސް ކުރުމަށްފަހު ގަރާރު ފާސްވެއްޖެ ނަމަ، އެ ވޯޓު ނެގުން އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބޭއްްވުމަށް ގަރާރުގައި ވަނީ އެދިފައެވެ. 

އެކަމާއި ގުޅިގެން ރ އިންނަމާދޫގައި މިއަދު ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ސަރުކާރާއި ދަ ޑިމޮކްރެޓްސް އިން މަސައްކަތް ފަށާފައިވަނީ "ސީދާ އިންޑިޔާ އަޑީގައި އޮވެގެން" ކަމަށެވެ. އެގޮތުން އިންޑިއާ ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވެރިކަން ލިބޭނެ އެހެން ގޮތެއް ނުވަތަ، އެގައުމު ބޭނުންވާގޮތަށް ރާއްޖޭގެ ވެރިކަން ކުރާނެ ބައެއްގެ މައްޗަށް ވެރިކަން ގެންދަން ކަމަށް އަދުރޭ ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް އެކަން ވިޔަނުދޭން އޭނާ ވަނީ އެދިލައްވާފައެވެ. 

"މިއީ އަޅުގަނޑުމެންގެ ގައުމު. މިއީ ދިވެހިންގެ ގައުމު. މިއީ ދިވެހި ރައްޔިތުންގެ ގައުމު. މިއީ އިންޑިޔާގެ ގައުމެއް ނޫން. މިގައުމުގައި އަޅުގަނޑުމެންގެ ބަސް ހިނގާނީ. އަޅުގަނޑުމެން ބޭނުން ނިޒާމެއް އޮންނާނީ" 

އަބްދުއްރަހީމް އަބްދުالله 

އަދުރޭ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ގާނޫނު އަސާސީ އެކުލަވައިލެވުނުއިރު، ވެރިކަން ކުރާނެ ނިޒާމެއް ރައްޔިތުން ކަނޑައަޅައި ނިންމާފައިވާ ކަމަށާ، އެއީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ރިޔާސީ ނިޒާމަށް ރާއްޖޭގައި ވެރިކަން ކުރާތާ އަދި 20 އަހަރުވެސް ނުވާ ކަމަށާ އެހެން ކަމުން އިތުރު ނިޒާމެއް ރާއްޖެއަށް ގެންނަން ނުޖެހޭ ކަމަށް ވެސް އަދުރޭ ވިދާޅުވިއެެވެ.

މިއާއެކު އަދުރޭ ވިދާޅުވީ، ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރިޔާސީ ނިޒާމު ކަމަށާ، ބަރުލަމާނީ ނިޒާމު އައުމުން އިންޑިއާ ފަދަ ފައިސާ ހުރި ގައުމުތަކުން ބޭނުންވާ މީހަކަށް ރާއްޖޭގައި ވެރިކަން ކުރެވޭނެ ކަމަށެވެ. އަދި އެއީ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

މިރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރިޔާސީ ނިޒާމް. ބަރުލަމާނީ ނިޒާމް އައީމަ ވާނެ ގޮތަކީ، ފައިސާ ހުރި މީހުން، ޚާއްސަކޮށް އިންޑިޔާފަދަ ބޮޑު ގައުމަކުން ބޭނުންވާ ވެރިކަމެއް އަބަދުވެސް މި ގައުމުގައި އޮންނާނީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަނެލައިގެން އެމީހުން ބޭނުންވާގޮތަކަށް ރާއްޖޭގެ ވެރިކަން ފޮރޮޅާލުމުގެ ބާރު ނުވަތަ ފަސޭހަކަން ނުވަތަ އެ ފުރުސަތު އޮންނާނެތީ އެމީހުން އެކަމާ އެ އުޅެނީ. 

އަބްދުއްރަހީމް އަބްދުالله 

އެފަދަ ސަބަބުތަކާއި ހުރެ، ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ޕީޕީއެމް/ޕީއެންސީން ތާއީދު ނުކުރާ ކަމަށް އަދުރޭ ވިދާޅުވިއެެވެ. އަދި ޕީޕީއެމް/ޕީއެންސީ އަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަން ބޭނުންވާ ބައެއް ކަމަށާ، ނިޒާމީ ވޯޓު ނެގި އިރު %62 ރައްޔިތުން ތާއީދު ކުރީ ރިޔާސީ ނިޒާމަށް ކަމަށް އަދުރޭ ވިދާޅުވިއެެވެ. އަދި އެކަން ގާނޫނު އަސާސީގައިވެސް ލިޔެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.