ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕީ
ހަބަރު
22 Sep 2023 | 12:23
ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް، ފީގެ ރޭޓު ބޮޑު ނުވާ ގޮތަށް ހަދަން ނިންމައިފި!

ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ގިނައިން ބޭނުން ކުރުމުން ބިލް ބޮޑުވާ މައްސަލަ ހައްލު ކޮށްދޭން ނިންމާފައިވާ ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ހުވަދޫ ޖަގަހަ ހުޅުވަން، ރޭ މާލޭގެ މާވެޔޮ މަގުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު މިހާރު މާލޭގެ ގޭގެއަށް ޑޯޓުޑޯ އަށް ވަޑައިގަންނަވަމުންދާއިރު، ލިބޭ އާމްދަނީން ގޭގެ ކުއްޔާއި ކަރަންޓު ބިލް ދެއްކުމަށްފަހު ދެން ހުރި ހަރަދުތައް ހަމަނުޖެއްސޭ ކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށެވެ.

އެހެންކަމުން ކަރަންޓް ބިލަށް ލުޔެއް ހޯދައިދިނުމަށް ގިނަ ބަޔަކު އެދިލައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު މިވާ ގޮތަކީ ކަރަންޓް ބިލުގެ ވަކި ރޭޓުތަކެއް މިހުންނަނީ ކަނޑައަޅާފައި. ވަކި ވަރަކަށްވުރެ ގިނައިން ބޭނުން ކޮށްފިއްޔާ އަގު ބޮޑުވަމުން މިދަނީ. އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ވެސް ކަރަންޓް ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެެގެންނެއް ނުދާނެ. ހަމަ އެއް ރޭޓަކުން ދާނީ" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރޭގެ ޖަލްސާގައި ރައީސް ޞާލިހް ވަނީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް ކޮންމެ މަހަކު 7،000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމާފައިވާކަންވެސް އިއުލާން ކުރައްވާފައެވެ. 

މީގެއިތުރުން އުމުރުން 65 އަހަރުވުމުން ރިޓަޔާމަންޓް އޮޕްޝަނަލްކޮށް، 70 އަހަރަށް، ރިޓަޔާމަންޓް އުމުރު ބަދަލު ކުރުމަށް ނިންމަވާފައިވާ ކަން ވެސް ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
އެމްޓީޑީސީގެ އެމްޑީކަމުގެ މަގާމަށް ޙާރިޘް
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ޙާރިޘް އައްޔަނުކުރައްވާފައިމިވަނީ، އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ
28 Jul 2026
ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޒިނެދީން ޒިދާން
ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ޒިނެދީން ޒިދާން މިއަދު އައްޔަންކޮށްފިއެވެ. ޒިދާން މި މަގާމަށް އައްޔަންކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން، ކުރިން އެ މަގާމުގައި ހުރި ޑިޑިއޭ ޑެޝޯމްގެ ބަދަލުގައެވެ.
28 Jul 2026
އީރާނުން ޔުކްރެއިނަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
މާލިކީ ވިދާޅުވީ، ޑިޕްލޮމެޓިކް އުސޫލުން މި މައްސަލައިގައި މުހުލަތެއް ދިން ނަމަވެސް އަސްކަރީ ހަމަލާއެއް ނުދޭނެ ގޮތެއް އެއީ ނެތް ގޮތެއްކަމަށެވެ
28 Jul 2026
މިނިވަންދުވަހު ބަނގުރާ ވިއްކަން އުޅުނު ބިދޭސީންގެ ބަޔަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ އުމުރުން 24 އަހަރުގެ ރޮކިބުލް ހަސަން އާއި، އުމުރުން 29 އަހަރުގެ އެމް ޑީ ޖަކިރް ހޮސެއިން ކަމަށެވެ.
28 Jul 2026
އަމިއްލައަށް ވަކިވި މުއައްޒަފުންނަށް އުސޫލުގެ ތެރެއިން ވާނީ ފައިސާ ދީފައި: ފެނަކަ
ފެނަކައިްނ ބުނީ އަމިއްލައަށް އެދިގެން ވަކިވި އެކުންފުނީގެ މުއައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ވަކިވުމަށް 108 މުއައްޒަފަކު ހުށަހެޅިކަމަށެވެ
28 Jul 2026
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ
28 Jul 2026
ޤައުމީ އަސްކަރިއްޔާގެ ހިނގާލުން މާދަމާ ހުޅުމާލޭގައި
ލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރި
28 Jul 2026
ކުޑަކުދިން ބަހައްޓާ ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.