ޑރ މުހައްމަދު މުއިއްޒު
ހަބަރު
22 Sep 2023 | 15:12
ގައުމިއްޔަތާއި ތަރުބިއްޔަތުގެ މާއްދާއެއް މަންހަޖަށް އިތުރު ކުރާނަން: ޑރ މުއިއްޒު

ގައުމިއްޔަތާއި ރިވެތި އަބަދުތަކާއި ތަރުބިއްޔަތުގެ މާއްދާއެެއް ދިވެހިރާއްޖޭގެ ގައުމީ މަންހަޖަށް އިތުރުކުރައްވާނެ ކަމުގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި މިއަދު ބ . ފެހެންދޫއަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އިދިކޮޅުން ހުށަހަޅާ ސިޔާސަތާއި މިހާރުގެ މި ގައުމު އޮތް ހާލަތު ވަރަށް ތަފާތު ކަމަށެވެ. އެ ރައްޔިތަކު ނިސްވަތްބާ ރަށެއްގެ ސަބަބުން، އާބާދީއެއްގެ ސަބަބުން، ފިކުރެއްގެ ސަބަބުން ތަފާތެއް ނުކުރައްވާނެ ކަމުގައި ވިދާޅުވެ ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ކޮންމެ ރައްޔިތަކު ހަމަހަމަވާނެ ކަމުގައި ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ރައްޔިތުންނަށް މުޅި ރާއްޖެ ތަރައްގީކުރުމުގެ މާސްޓާ ޕްލޭންގައި އަޅުގަނޑުމެން ފުރުސަތުތައް ދޭނަން. އެބަޔަކު ތިބި ރަށެއްގައި ތިބެގެން ހުރިހާ ހިދުމަތެއް އެ ރަށެއްގެ ނިސްބަތުން ފޯރުކޮށްދޭނަން. އަދި މުޅި ރާއްޖޭގެ އާބަން މާސްޓާ ޕްލޭންގެ ތެރޭގައި ސަރަހައްދީ ތަރައްގީ ކުރިއަށްގެންދާނަން. އެއާއެކު މެދު އަދި ދުރު ރާސްތާގައި ގޮތްތައް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނެ. 

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު އިތުރަށް ވިދާޅުވީ، ފެހެންދޫއަކީ އަޅާނުލާ ބާކީ ކުރެވިފައިވާ ރަށެއް ކަމަށާއި، ޕީޕީއެމް ޕީއެންސީގެ މެނިފެސްޓޯގައި އެ ރަށެއްގެ އާބާދީގެ ނިސްބަތުން އަދި އެ ރަށުގައި އިގްތިސޯދީ ހަރަކާތް ހިންގާ ނިސްބަތަށް ބަލާފަ ސިއްހީ މަރުކަޒަށް އިތުރު ކުރިއެރުން ގެނެސްދޭނެ ވާހަކަ އޮންނާނެ ކަމަށެވެ. އަދި އެ ރަށުގެ އާބާދީއާއި އެކަށޭނެ ގޮތަށް ލެބޯޓްރީގެ ނިޒާމް ގާއިމްކޮށްދޭނެ ކަމަށާއި އެއީ މުޅި ރާއްޖެއަށް އޮތް ސިޔާސަތެއް ކަމަށާއި އެހެންވުމުން އެ ރަށަށް ވެސް އެކަން ކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފެހެންދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކޮށް ދިނުމުގެ އިތުރުން ކުނި މެނޭޖް ކުރުމުގެ މަޝްރޫއާއި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމާއި، އައުޓް ޑޯރ ޖިމެއް ގާއިމް ކުރުމުގެ އިތުރުން، ކަރަންޓުގެ މަައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި، ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންގޮސްދޭނެ ކަމުގައި ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.