ހިތާދޫގައި އަޑުގަދަ މީހުންނާ މުޢިއްޒު ސަލާމް ކުރައްވަނީ--
ހަބަރު
22 Sep 2023 | 17:02
ހިތާދޫގައި މުޢިއްޒާއި ދެކޮޅަށް އަޑުއުފުލި އެމްޑީޕީ މީހުންނާއި ސަލާމްކުރައްވައި މިފަހަރުވެސް ދެއްކެވީ ރީތި ނަމުނާއެއް!

ރިޔާސީ ކެންޕެއިނަށް ބ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ހިތާދޫއަށް ވަޑައިގެންނެވުމުން އެރަށު އެމްޑީޕީ ޖަގަހައިގައި ތިބި އެ ޕާޓީގެ މެންބަރުންނާއި ސަލާމްކުރައްވައި، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު އަނެއްކާވެސް ނަމޫނާ ދައްކަވައިފި އެވެ. 

ރިޔާސީ ކެންޕެއިނަށް ހިތާދޫއަށް މުޢިއްޒަށް ވަޑައިގެންނެވުނީ  މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވަން ވަޑައިގެންނެވި މަގުމަތީގައި، އެމްޑީޕީ ބައެއް ފަރާތްތަކުން ވަނީ އަޑުގަދަ ކޮށް، މުޢިއްޒާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެއާއެކު މުޢިއްޒު ވަނީ އެކަމުގައި އުޅުނު އެމްޑީޕީގެ އެކްޓިވިސްޓުންނާއި ސަލާމް ކުރައްވައި، އެމީހުން ދެއްކެވި ވާހަކަތައް ވެސް އަޑު އައްސަވާފައެވެ. 

މުޢިއްޒުގެ ފަރާތްޕުޅުން ފެނިލެއްވި އެ އަމަލަށް އެތަނުގައި ތިބި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ތަޢުރީފްކޮށް ތަރުހީބު ދީފައެވެ. އަދި އެމީހުން ވޯޓުލާނީ ޑރ. މުޢިއްޒުއަށް ކަމަށްވެސް އެމީހުން އައީ ގޮވަމުންނެވެ. 

މީގެ ކުރިންވެސް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެންޕެއިންގެ ތެރެއިންވެސް މުޢިއްޒު ވަޑައިގެންނެވުމުން އޭނާއާ ދެކޮޅަށް އަޑުއުފުލި މީހުންގެ އަރިހަށް ވަޑައިގެން ސަލާމް ކުރައްވައި، އެމީހުންގެ ވާހަކަތައް މުޢިއްޒު ވަނީ އައްސަވާފައެވެ. 

އޭގެ ސަބަބުން، އެތަނުގައި އަޑުގަދަ ކުރި މީހުންގެވެސް އަޑު މަޑުވެގެން ދިޔައެވެ. އަދި އެ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކުވެސް ވަނީ މުޢިއްޒަށް ތަޢުރީފް ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.