ފޮރިން މިނިސްޓަރު ޝާހިދު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
24 Sep 2023 | 06:51
އިންޑިއާގެ ދިފާއުގައި ޝާހިދު: އިދިކޮޅުން ފަތުރަނީ ފިތުނަ!

އަވައްޓެރި އިންޑިއާގެ ދިފާއުގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ތެދުވެވަޑައިގެން އިދިކޮޅު ކޯލިޝަނަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ. 

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަނީ ފިތުނަވެރި ވާހަކަތައް ފެތުރުމަށް ކަމަށެވެ. 

އެގޮތުން ރާއްޖޭގައި މިހާރު އޮތް އިންޑިއާގެ ދެ ހެލިކޮޕްޓަރަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަޔާއި، ރައީސް ޔާމިނުގެ ވެރިކަމުގައި ގެނައި ހެލިކޮޕްޓަރުތަކެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެ ދެ ހެލިކޮޕްޓަރަކީ ރައީސް ޞާލިހާއި "ބެހޭ ކަމެއް" ނޫންކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ އިންޑިއާގެ ވާހަކައަކީ އިދިކޮޅުން ސަރުކާރާއި މެދު ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެފިތުގައި އެއްވެސް ރައްޔިތަކު ނުޖެހުމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ގޮވާލައްވާފަ އެވެ. 

އޭގެ އިތުރުން ޝާހިދު ވިދާޅުވީ އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ވެސް ސަރުކާރުން ފަތުރަމުންދަނީ ފިތުނަވެރި ވާހަކަތަކެއް ކަމަށެވެ. އެތަނަކީ ކޯސްޓުގާޑުގެ ބަނދަރެއް ކަމަށާއި، އެތަނުގައި އިންޑިއާގެ ސިފައިން ނުތިބޭނެކަމަށް ޝާހިދު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

މި ސަރުކާރުން ވަނީ އިންޑިއާއާއެކު ގިނަ އެއްބަސްވުންތަކެއް ހަދާފައެވެ. އޭގެ ތެރޭގައި އަސްކަރީ އެއްބަސްވުންތަކެއް ވެސް ހިމެނެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ޑިފެންސް މިނިސްޓްރީއަށް ހުށައެޅި ނަމަވެސް އެ އަދަދު ހާމަނުކުރުމަށް އެ އިދާރާއިން ވަނީ ކޯޓަށް ގޮސްފައެވެ. 

އެކަންކަމާއި ގުޅިގެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް "އިންޑިއާ އައުޓު" ގެ ނަމުގައި ވަނީ ހަރަކާތެއް ވެސް ފަށާފައެވެ. އަދި މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ވެސް ފާހަގަކުރެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.