އުތުރު ތިލަފަޅު ބެލުމަށް އުތުރު ސަރުކާރުން ދައުވަތު ދީގެން ބައެއް ނޫސްވެރިން ހަރަކާތްތެރިވަނީ--ފޮޓޯ: މިހާރު
ހަބަރު
25 Sep 2023 | 13:55
އުތުރު ތިލަފަޅު ބަލާލަން ސަރުކާރުން ފުރުސަތު ދިނީ ވަކި މީޑިޔާތަކަކަށް

އުތުރު ތުލަފަޅުގައި އަޅަމުންދާ އެމްއެންޑީއެފްގެ "އެކަތަ ބަނދަރު" ގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދަޢުވަތު އަރުއްްވާފައިވާއިރު، ސަރުކާރުން އެ ފުރުސަތު ދީފައިވަނީ ބައެއް މީޑިއާ ތަކަަށް ވުމުން، ގިނަބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެ އެވެ. 

ފަނަރަ ހެކްޓަރުގެ ބިން ހިއްކައިގެން މިދިޔަ ޖެނުއަރީ މަހު ތަރައްގީ ކުރަން ފެށި އުތުރު ތިލަފަޅަކީ އިންޑިޔާ ސަރުކާރުގެ އެހީގައި ހަދަމުންދާ ތަނެކެވެ. އަދި "ބިންވެރިޔާ" މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން އެތަނުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޭން ނިންމާފައިވާކަމަށް މިމަހު 23 ވަނަ ދުވަހުގެރޭ އެމްޑީޕީގެ ސޯސަން ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާން ކުރައްވާފައެވެ.

އަދި އުތުރު ތިލަފަޅުން ގޯތި ދޭނީ ސިފައިންނަަށް ކަނޑައަޅާފައިވާ ބައިގެ ފަހަތުން 251 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

"އެކަމަށް [ގޯތި ދިނުމަށް] އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީ،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މީގެ އިތުރުން ވެސް އެރޭގެ ޖަލްސާގައި ރައީސް ޞާލިހް ވަނީ އުތުރުތިލަފަޅާއި ގުޅިގެން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ޝައްކު އުފެދޭނަމަ އެތަންތަން ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. 

އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން. އަޅުގަނޑުމެންނާ ދޭތެރޭގައި ޝައްކު އުފައްދާ އުތުރު ތިލަފަޅު ކަމަށް ވިޔަސް ކައްދޫ އެއާޕޯޓް ކަމަށް ވިޔަސް ހަނިމާދޫ ކަމަށް ވިޔަސް ވަޑައިގެން ބައްލަވަންވީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް މިފަދައިން ވިދާޅުވުމާއި ގުޅިގެން ބައެއް ނޫސްވެރިން އޭގެ އަނެއް ދުވަހު، އުތުރު ތިލަފަޅުން ގޯތި ދޭ ސަރަހައްދު ބެލުމަށް ދިޔުމުން ހުއްދަނެތި އައީ ކަމަށް ބުނެ އެތަނުގައި ހުރި އޮފިޝަލް ވަނީ އެ ނޫސްވެރިން އެތަނުން ފޮނުވާލާފައެވެ. 

އަދި އެކަން ކުށްވެރިކޮށް އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި، ބުނެފައިވާގޮތުގައި އެ ނޫސްވެރިން އެގޮތަށް ކަން ކޮށްފައިވަނީ "އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކާލުމަށް ވަރަށް ފަހުންވެސް އެކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވަކޮށް" ކަމަށެވެ. 

އެމްއެންޑީއެފް އިން އެހެން ބުނެފައި އެވަނީ މިމަހު 16 ވަނަ ދުވަހު ސަރުކާރުން ހޮވާލެވިފައިވާ މަދު މީޑިއާތަކަށް އެތަން ދެއްކުމުން އެކަމަށް އިޝާރާތް ކޮށެވެ. 

އެހެން ނަމަވެސް، އެތަން ބެލުމަށް "އެދިފައިވާ މީޑިއާ" ތަކޭ އެމްއެންޑީއެފްއިން ބުނެފައިވާ އިރު، އެއީ ސީދާ ސަރުކާރާއި އެމްއެންޑީއެފްއިން ބައެއް ނޫސްތަކަށް ދިން ދައުވަތަށް އެ އެ ނޫސްވެރިން ކުރި ދަތުރެއްކަން މިހާރު ނޫހުގައި ވެއެވެ.

އަދި ސަރުކާރުން އެ ދައުވަތު ދީފައިވަނީވެސް، ސަރުކާރަށް ތާއީދުކޮށް ނުވަތަ "ޕްރޮމޯޓް ކޮށް" ޚަބަރުފަތުރާ މީޑިއާ ތަކަކަށްކަން ފާހަގަކޮށްލަންޖެހެއެވެ. އެނޫން މީޑިއާ ތަކަށް އެ ދައުވަތެއް ނުލިބެއެވެ. 

މިއީ ސަރުކާރުން މިފަދައިން ކަން ކޮށްފައިވާ ފުރަތަަމަ ފަހަރެއް ނޫނެވެ. އެގޮތުން، ތިލަމާލެ ބްރިޖް މަޝްރޫއު ކުރިއަށްދާ ގޮތާ، ސަރުކާރުން އަޅާ ފުލެޓް ތައް ދައްކާލުމާއި، ގުޅިފަޅުން ދޫކުރާ ގޯތިތައް ދައްކާލަންވެސް ސަރުކާރުން ދަޢުވަތު ދީފައިވަނީ އެ މީޑިއާތަކަށްކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ