ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ދެ ފުލުހަކު ސްޓިކާ ޖަހަނީ.-- ފޮޓޯ: މިހާރު
ހަބަރު
25 Sep 2023 | 15:25
ރައީސް ޞާލިހް ނިންމެވި ގޮތަށް ޕާކިން ސްޓިކާތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެދެން ހުޅުވާލައިފި!

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުއްވުމަށާއި، ޓްރެފިކާ ގުޅޭ އުސޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ މަޢާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަ ޖޫރިމަނާ މައާފު ކޮށްދޭން އެދުމަށް ހުޅުވާލައިފި އެވެ. 

ޕާކިން ޖޫރިމަނާތަކުގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދައުލަތަށް ނުލިބިވާ ހުރިހާ ފައިސާއެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މާފުކުރައްވާފައިވާކަން ސަރުކާރުން އިއުލާން ކުރީ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ. 

އަދި ޕާކިން ޖޫރިމަނާ ފިޔަވާ، އެހެނިހެން ޓްރެފިކް ޖޫރިމަނާތައް ދެއްކުން ލުއިކުރުމުގެ ގޮތުން، ބައެއް ހާލަތްތަކުގައި ތަމްރީނެއް ފުރިހަމަކޮށްގެން ޖޫރިމަނާ މާފުވާނެ ގޮތް ސަރުކާރުން ކަނޑައަޅުއްވާފައިވާކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. 

އެ ނިންމެވުމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، 17 ނޮވެމްބަރު 2018 އިން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދިނުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އަދި ޓްރެފިކް ޖޫރިމަނާ މައާފުކޮށްދިނުމަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 25އާ ހަމައަށް އޮންނާނެ ކަމަށް ވެސް ބުނެފައިވެއެވެ. 

އެގޮތުން ޖޫރިމަނާ މައާފުކޮށްދިނުމަށް އެދެން ޖެހެނީ ސިމްސް ޕޯޓަލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނީ، ޖޫރިމަނާ މަޢާފުކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާޢީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަރުމާކޮށް ކަނޑައަޅާ 20 (ވިހި) ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށެވެ. 

އެ އިއުލާން ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން މަޢާފުކުރެވިގެންދާ ޖޫރިމަނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭނީ؛ 

- ލައިސަންސް އާ ގުޅޭ ޖޫރިމަނާ

- ގަވާއިދާ ޚިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ

- އުޅަނދުގައި ހުންނަންޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާ 

- ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާ 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.