ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
ހަބަރު
26 Sep 2023 | 11:36
"ލ.އަތޮޅު މުށުތެރެއިން ގޮއްސި، ރައީސް ޞާލިޙަށް 2 ވަނަ ބުރުގައި %38 ވެސް ނުލިބޭނެ"

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޓީމުގެ މުށުން ލ.އަތޮޅު ގޮއްސި ކަމަށާއި އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙް އަށް 38% ވެސް ނުލިބޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޞާލިޙްގެ އެންމެ ވަރުގަދަ މިނިސްޓަރ އަދި އެމަނިކުފާނުގެ އެންމެ ގާތް އަޚް ފައްޔާޒް އިސްމާއިލް ގެ ލ.ގަން އަދި މުޅި ލ.އަތޮޅުވެސް އެބޭފުޅުންގެ މުށުތެރެއިން ދިޔުމުން އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް 38%ވެސް ލިބިވަޑައިނުގަންނަވާނެކަން މިހާރު ޔަޤީންވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ފެން ނުހިފޭ ވަޢުދުތައް ވުން ހުއްޓާލުމަށާއި މި 5 އަހަރަށްވީ ވަޢުދުތައްވެސް ނުފުއްދި ހުރީ ފުނިޖެހިފައި ކަމަށެވެ.

"ނޮވެމްބަރު 17 އާ މިދޭތެރޭ މިހިނގާ ދުވަސްތަކުގައި ދަޢުލަތުން މާލީ ބުރައެއް އުފުލަންޖެހޭ އެއްވެސް ވަޢުދެއް ވެވަޑައިގެންނެވުމުގެ ޤާނޫނީ އިޚުތިޔާރެއް ރައީސް ޞާލިޙަކަށް ނޯންނާނެ، ޤައުމު އަޅުވެތިކޮށް ޤައުމުގެ މަސްކަނޑު ވިއްކާލާ ޤައުމު އިޤްތިޞާދީ އަނދަވަޅަކަށް ވައްޓާލާ އާއިލާތައް ނިކަމެތިކޮށް ދަރަނިވެރިކުރުވުމަށްވުރެ ބޮޑު އަނިޔާއެއް ވަކި ކޮބައިތޯ؟" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވިއިރު ރޭ ލ.އަތޮޅުގައި ބޭއްވުނު ޖަލްސާގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ލ. އަތޮޅުގެ ކައުންސިލް ރައީސް އިސްމާއިލް އަލީ އަދި އެމްޑީޕީ އަދި އެހެނިހެން ޕާޓީތަކުގެ ގިނަ ބަޔަކު ޕީޕީއެމާއި ވަނީ ގުޅިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.