މުހައްމަދު އިސްމާއިލް--
ހަބަރު
26 Sep 2023 | 12:22
ޢިމްރާން މިނިސްޓަރަށް ހުންނަވައިގެން ދީނަށް ފުރައްސާރަ ކުރި މީހުން ފުރުވާލީ ބޭރަށް: މުހައްމަދު

‏އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله އަކީ ދީނީ ޢިލްމު ކިޔަވައިގެން ހުންނެވި ބޭފުޅެއް ނަމަވެސް އޭނާގެ ބެލުމުގެ ދަށުން ހިނގަމުންދާ ފުލުހުންގެ މުވައްސަސާ އިން ދީނަށް ފުރައްސާރަ ކުރި މީހުންވެސް ފުރުވާލީ ބޭރަށް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

މުހައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރަކީ ދީނީ ޢިލްމް ކިޔަވައިގެން ހުރި ބޭފުޅެއް ހޯމް މިނިސްޓަރަކަށް ލައިގެން އެންމެ ގިނަ ލާދީނީ ކަންކަން ކުރި ސަރުކާރު ކަމަށެވެ. 

އަދި އޭނާ ވަނީ އެފަދައިން ވިދާޅުވާ ސަބަބުވެސް ހާމަ ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ، ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ސިޔާސީ ގޮތުން ނުފޫޒު ގަދަ ބައެއް ފަރާތްތަކާއި އެފަރާތްތަކާއި ގުޅުންހުރި މީހުންގެ އިތުރުވެސް ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއް މި ސަރުކާރުގައި ފެންމަތިވެގެން ދިޔައިރު، އެކަމަށް ތުހުމަތުވި ގިނަ މީހުން ހައްޔަރު ވެސް ނުކުރެވޭ ކަމަށެވެ. 

"ސަފާރީ ރޭޕް ކޭސް ނުބެލުނު. ދީނަށް ފުރައްސާރަކުރި މީހުން ބޭރަށް ފުރުވާލި. އެމީހުން ހައްޔަރު ކުރަން ރެޑް ނޯޓިސް ގަނޑެއްވެސް ނުނެރެވުނު." މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

ކަންމިހެން ހުރި ނަމަވެސް، ފުލުހުން ވަނީ މުންކަރާތް ހުއްޓުވަން ނުކުތް ޝެއިޚުންގެ ބިޑި އަޅުވައިގެން ހައްޔަރުކޮށް ޖަލަށްވެސް ލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ތެރެއިން ޝެއިޚް ނިޝާންގެ ދަރިފުޅަށް ނަފްސާނީ ގޮތުން ގެއްލުންތައް ލިބިފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަނިޔާވެރިއެއް ނުވާނަމޭ ބުނާ އިރު ވާނުވާގައި އެތައް ބަޔަކު. ދެންވެސް އިތުރު ފުރުސަތެއް ދޭންވީ ހެއްޔެވެ؟" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.