ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕި
ހަބަރު
27 Sep 2023 | 11:03
ރިސޯޓް މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަހު ޗުއްޓީ ލިބޭނެ ގޮތް ހަދައިދޭނަން: ރައީސް ޞާލިހު

ރިސޯޓް މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަހު ޗުއްޓީ ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ މާލޭގެ މާވެޔޮ މަގުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު މި ފާއިތުވި ދުވަސްތަކުގައި އެމަނިކުފާނު އެކި ފަރާތްތަކާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. 

އެގޮތުން ރިސޯޓް މުވައްޒަފުންނާއެކު ބޭއްވުނު ބައްދަލުވުމުގައި މިނިމަން ވޭޖް ކަނޑައެޅުމަކީ އެ ފަރާތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ މުވައްޒަފުން ފާހަގަކުރެއްވި ކަމަށާ، އޭގެ އިތުރަށް ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއްގެ ލަފާވެސް އެ މުވައްޒަފުންގެ ފަރާތުން ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއް ކަމަކަށް އެ ބޭފުޅުން ހުށަހެޅުއްވީ ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޝަނެއް އުފެއްދުމަށް. އެއީ މުވައްޒަފުންނާއި ރިސޯޓް އޯނަރުންނާއި ޓުއާ އޮޕަރޭޓަރުންނާ، އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބައެއް ހިމެނޭ ގޮތަށް އެޑްވައިޒަރީ ކޮމިޓީއެއް އުފައްދާ އެ އެންމެންގެ ލަފާގެ މަތިން އިންޑަސްޓްރީ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ގޮތްތަށް ރޭވުމަށް. އެ ހުށަހެޅި ހުށަހެޅުން ގަބޫލްކޮށް ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޓީއެއް އުފައްދާނަން." 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ދެ ވަނަ ކަމަކަށް، ހަފުތާއަކު މަސައްކަތްކުރާ 48 ގަޑިއިރު 40 ގަޑިއިރަށް މަދުކޮށް، ހަފުތާއަކު ދެ ދުވަހު ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދުނު ކަމަށް ވިދާޅުވި އެވެ. މިނިމަން ވޭޖު ކަނޑައެޅި ގޮތަށް ރިސޯޓު އޯނަރުންނާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ބޭރު މީހުން ރިސޯޓުތަކުގެ އިސް މަގާމުގައި ތިބޭ މައްސަލައަށް ހައްލު ހޯދުމަށް، އެ މަގާމުތަކަށް ދިވެހިން ތަމްރީނުކުރުމަށް ޓޫރިޒަމް އިންޑްސްޓްރީއަށް ސްކޮލަޝިޕް ސްކީމެއް އުފައްދައި އޭގެ ދަށުން ޖެނެރަލް މެނޭޖަރުންނާ ހިސާބަށް މީހުން ތަމްރީނުކުރާނެ ކަމަށެވެ.

"ސަރުކާރުން ދޭ ސްކޮލާޝިޕްގެ ތެރޭގައި ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ މަތީ ފަންތީގެ މަގާމުތަށް ހިމެނޭގޮތަށް ސްކޮލާޝިޕް ސްކީމެއް އުފައްދާ އޭގެ ތެރެއިން ރިސޯޓްތަކުގެ ޖެނަރަލް މެނޭޖަރުންނާއި ހިސާބަށް މީހުން ޓްރެއިންކުރުމުގެ މަސައްކަތްތަކެއް ވީހާވެސް އަވަހަށް ފައްޓާނަން." ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ