އައްޑޫ އެމްޑީޕީ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ
ހަބަރު
27 Sep 2023 | 13:40
އެމްޑީއޭ ވަކިވުމުން ރައީސް ޞާލިހުގެ ރިއެކްޝަން: އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހިވެސް ހުންނާނެ!

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށްފަހު، ދެވަނަ ބުރާއި ދިމާކޮށް އެ ކޯލިޝަން ރޫޅާލި އެމްޑީއޭއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބަހުގެ ހަމަލާއެއް އަމާޒު ކުރައްވައިފިއެވެ. 

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހެދި އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެ ޕާޓީން ހެދި ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ފާސްކޮށްފައެވެ. 

އެމްޑީޕީ އާއި އެކު ހަދައިފައިވާ ކޯލިޝަން ރޫޅާލުމަށް އެޕާޓީގެ ކައުންސިލަށް، ކައުންސިލް މެމްބަރު މުޙައްމަދު އައްބާސް ހުށައެޅުއްވުމުން އެޕާޓީގެ ނައިބު ރައީސް އަލީ މަޢުރޫފް ވަނީ އެކަމަށް ތާއީދު ކުރައްވައިފައެވެ. މި ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ސިޔާމެވެ. 

އެމްޑީޕީ ފުރަތަަމަ ބުރުގެ ކެންޕެއިންގެ ތެރެއިން-- ފޮޓޯ/ އަދަދު

މެންބަރު މުހައްމަދު އައްބާސްގެ ހުށަހެޅުން ފާސްވީ އެމްޑީއޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ވޯޓު ދެއްވާފައި ވަނީ އެންމެ ދެ މެމްބަރުންނެވެ.

އައްޑޫގައި ބޭއްވި މިއަދުގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ 

އެކަމާއި ގުޅިގެން މިއަދު އައްޑޫގައި ބޭއްވި ކެންޕެއިން ބައްދަލުވުމައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ފުރަތަަމަ ބުރުގައި އެމްޑީޕީ އާއި އެކު ތިއްބެވި ބައެއް ފަރާތްތައް އެ ޕާޓީއާއި ވަކިވުމަކީ ބައެއް ފަރާތްތައް މާޔޫސްވެދާނެ  ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ކަންބޮޑު ނުވުމަށް ރައީސް ޞާލިހު ވަނީ އެދިވަޑައިގެންފަ އެވެ. 

އަޅުގަނޑުމެންނަށް އެނގޭ ކުރީ ބުރުގައި އެބޭފުޅުން އަޅުގަނޑުމެންނަށް ކޮށްދެއްވި މަސައްކަތްތައް. އެކަމަށްޓަކައި އަޅުގަނޑުމެން އެބޭފުޅުންނަށް ޝުކުރުވެސް އަދާކުރަން. އަޅުގަނޑުމެން އެބޭފުޅުންނަށް ހެޔޮ ރަނގަޅު މުސްތަގުބަލަކަށްވެސް އެދެން. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު، އެމްޑީއޭ އިން އެ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަން އެ ބޭފުޅުންނަށްވެސް ފަހުން ފެނިގެންދާތަން، ފެންނާނެ ކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވަނީ އެމްޑީއޭ އަކީ އެ ކޯލިޝަންގައި އޮތް ދާ އަންނައުނެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. 

ދިވެހިންގެ ތެރޭގައި ބުނެ އުޅޭ މުހާވިރާ ބަހެއް އޮވޭ. އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ހުންނާނެ އޭ ކޮންމެވެސް ވަރަކަށް. އެހެންވީމާ އެކަހަލަ ކަންތައް ދިމާވާނެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

އެހެން ކަމުން ރައީސް ޞާލިހު ވަނީ ކަންބޮޑުނުވެ އެމްޑީޕީއަށް ތާއީދު ކުރާ އެންމެހާ ފަރާތްތައްވެސް ކުރިއަށް ވަޑައިގެންނެވުމަށް އެދިލައްވާފައެވެ. އަދި އެމަނިކުފާނަށް ކާމިޔާބީ ވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ދާޓީމް
އެއީ ބުއްދި ވެރިން ތިބޭނެ
27 Sep 2023
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.