ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް
ހަބަރު
27 Sep 2023 | 15:36
ޑޮލަރުގެ ރޭޓު %15 އަށް ކުޑަކޮށްދޭނަން: ރައީސް ޞާލިހު

ރާއްޖެއަށް އެތެރެވާ ޑޮލަރުގެ %30 މި ގައުމުގައި ހިފަހައްޓައި ޑޮލަރުގެ ރޭޓު 15ރ. އަށް ވުރެ ތިރިކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވައުދުވެވަޑައިގެންފިއެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ރައީސް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެމްޑީޕީން ބޭއްވި ޖަަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިންނާއި އާންމުނަށް ކުރިމަތިވެފައި އޮތް ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެދެމުންދާ ކަމަށާއި އެ ހައްލު ގެނެސްދެއްވާނެ ގޮތް މެނިފެސްޓޯގައި ވަރަށް ތަފްސީލްކޮށް ހާމަކޮށްފައިވާނެ ކަމަށެވެ. 

އެގޮތުން ރާއްޖޭގެ އިގްތިސޯދުގެ ސައިޒު ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު 170 ބިލިއަން ރުފިޔާއަށް އަރައިގެންދާނެ ކަމުގައު ވިދާޅުވެ ރައީސް ޞާލިހް ވަނީ އޭގެ ތެރެއިން ބޮޑު ބަޔަކީ ޑޮލަރުން ރާއްޖެއަށް ވަންނަ އާމްދަނީ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން އޭރުން ހަ ބިލިއަނަށްވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ރާއްޖެއަށް އެތެރެވަމުންދާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. ވުމާއެކު ޑޮލަރަށް ދަތިވާންވީ އެއްވެސް ސަބަބެއް އޭރުން އޮންނަން ނުޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޭނުންވާ މީހަކަށް، ބޭނުންވާ ވަރަކަށް ރަނގަޅު އަގުގައި ޑޮލަރު ލިބޭނެ އުސޫލުތަކެއް ގާއިމް ކުރެވެން ޖެހޭ. މި ދައުރުގައި އެ މަސައްކަތް ފެށިގެން. އެއް ކަމަކަށް މަސައްކަތް ކުރީ ރާއްޖޭގެ އެތެރޭގެ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ހަމަޖެއްސުން. އޭރުން ޑޮލަރު ލިބޭ މީހުން ވެސް ޖެހޭނީ ޑޮލަރު މާރުކުރަން. އެ މީހުން ގަންނަ ހުރިހާ އެއްޗަކާ ދޭ މުސާރަވެސް ދޭންޖެހޭނީ ރުފިޔާއިން. އެހެންވީމަ އެމްއެމްއޭއިން ކަނޑައަޅާ އުސޫލަކުން ޑޮލަރު މާރުކުރަން ޖެހޭނީ. އެހެން ކަމަށް ވަންޏާ ރާއްޖޭގައި ރައްޔިތުން ބޭނުންވާވަރަށް ބޭންކުތަކުން ޑޮލަރު ލިބޭނެ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް 

މީގެ އިތުރުން ޑޮލަރުގެ މައްސަލައަށް ހައްލު ގެނައުމަށް އޮތް ދެވަނަ ގޮތަކީ ރާއްޖެއަށް އެތެރެވާ ޑޮލަރުގެ ވަކި އިންސައްތައެއް ރާއްޖޭގައި ހިފެހެއްޓުން ކަމަށް ވިދާޅުވެ ރައީސް ވަނީ އެތެރެވާ ޑޮލަރުގެ 30 އިންސައްތަ ނަމަވެސް ރާއްޖޭގައި ވަކި މުއްދަތަކަށް ބަހެއްޓުން ކަމަށާއި އެކަމަށް އެއްބަސްވުމަކަށް ވެސް އާދެވުނު ކަމުގައި ވިދާޅުވެފައެވެ. 

ރާއްޖެއަށް ވަންނަ ޑޮލަރު 30 އިންސައްތަ ހިފެހެށްޓުނު ކަމަށްވީ ނަމަވެސް ޑޮލަރުގެ ރޭޓް 15 ރުފިޔާއަށްވުރެ ތިރިއަށް ގެންދެވޭނެ ކަމަކީ ޔަގީންކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.ކުރިއަށް އޮތް ދައުރުގައި އިންތިހާބުވުމަށްފަހުގައި އެ ދެ ގޮތުން ކުރެ އެއްގޮތެއް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ތަންފީޒުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭރުން ޑޮލަރަށް ލިބިފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ޖައްނަ
ހީވަނީ މިމީހުން އެއްޗެކޭ ބުނާއިރަށް ރައްޔިތުން މޮޔަވެގެން ދުއްވައިގަންނާނެހެން.
27 Sep 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.