މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ--
ހަބަރު
28 Sep 2023 | 10:53
އެމްޑީޕީގެ މިސްރާބު އޮޅުނީ ރައީސް ނަޝީދު ނެތީމަ: އިމްތިޔާޒް

އެމްޑީޕީ މިހާރު ވަނީ އެ ޕާޓީގެ މިސްރާބު އޮޅިފައި ކަމަށާއި އެކަން ދިމާވެފައިވަނީ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގައި ނެތުމުން ކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް މުޅި ރާއްޖެއިން ލިބުނު ނާކާމިޔާބީ އާއެކު އެ ޕާޓީއަށް އޮތް ތާއީދު ކުޑަވަމުން ދިޔުމާއި ގުޅިގެން އިމްތިޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް، މި އޮޑިއެއް ނުފެތޭނެ، ބެލްޓު އަޅުއްވާ ބާރަށް، ވެއްޓޭ އިރަށްވުރެ ބާރަށް ތެދުވެ ދުއްވައިގަނޭ ފަދަ ޝިޔާރުތައް އެމްޑީޕީއިން އަދިވެސް ބޭނުންކުރާކަމަށެވެ.

އެހެން ނަމަވެސް، އެ ބަސްކޮށާރަކީ އެހެން ބޭފުޅަކާ، (ރައީސް ނަޝީދާ) ގުޅިފައިވާ އެއްޗެއް ކަމަށާ އަދި އެ ބޭފުޅާ މީހާރު އެމްޑީޕީގައި ނެތްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް ވީގޮތެއްވެ މިސްރާބު އޮޅިފައިވަނީ ރައީސް ނަޝީދު ޕާޓީގެ ހުންގާނުގައި ނެތުމުންކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތު ވުންތަކާއި އެކު، ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީގައި ފިކުރެއްގެ ދިރުން ނަމުގައި ވަކި ގޮތްޕެއް އުފައްދަވާފައިވާއިރު، އެ ފަރާތްތަކުން ފަހުން އެމްޑީޕީން ވަކިވެ އައު ޕާޓީއެއް ވަނީ އުފައްދަވާފައެވެ.

އަދި ރައީސް ނަޝީދުވެސް ވަނީ ފަހުން އެމްޑީޕީ އާ ވަކިވެވަޑައިގެން ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައެވެ.

ކޮމެންޓް
ފިރާގި
ރައީސް ނަޝީދަކީ އާންމުމެމްބަރުންގެ ފިކުރު ދަންނަ މީހެއްނަމަ މިހާރުހުރީހީ އެމްޑީޕީފަ
28 Sep 2023
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.