ޔުމްނާ މައުމޫން
ހަބަރު
28 Sep 2023 | 10:45
ޔުމްނާ މައުމޫނަށް މިވަނީ ކިހިނެތް؟

ރައީސް މައުމޫނަކީ ދިވެހި ގައުމުގެ ރަން ތިރީސް އަހަރުގެ ބާނީކަމަކަށް ދިވެހިންގެ ވަރަށް ގިނަ ބަޔަކު މިއަދުވެސް ގަބޫލުކުރެއެވެ. ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ދެޕާޓީކަމުގައިވާ އުވާލާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ ( ޑީއާރްޕީ)އާއި މިއަދު މިއޮތް ޕީޕީއެމަކީ އެމަނިކުފާނުގެ އައިޑިއޮލޮޖީގެ މައްޗަށް އުފެއްދި ދެޕާޓީއެވެ. ރައީސް މައުމޫނަކީ މިއަދު ޕީޕީއެމާއި ދުރުގައި ހުންނެވި ނަމަވެސް ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހިން އެދީނެއްގެ މަތީގައި ތިބި އިސްލާމްދީން ހިމާޔަތްކުރުމުގައި އެފަދަ ދެވަނަ އެއް ނުވާ ލީޑަރެކެވެ. އެމަނިކުފާނުގެ 30 އަހަރުގެތެރޭގައި ދިވެހިރާއްޖެ ދަތުރުކުރަމުން ދިޔައީ އިންޑިއާކަނޑުތެރޭގައި އުފެދެމުންދިޔަ އެއްވެސް ކޮޅިގަނޑެއްގައި ނުޖައްސައި ވަރަށް ނިޔާމަ ކަމާއެކީގައެވެ. އެކަމުގައި ދެބަސްވާނެ ދިވެއްސަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ.

ޚިޔާލު ތަފާތުވުމެއް އުފެދުނީ ޕީޕީއެމްގެ މިލްކުވެރިކަން ހޯދުމަށް އެމަނިކުފާނާއި ކޮއްކޮ ޔާމީން ކުރައްވަން ޖެހިވަޑައިގަތް ހަނގުރާމައިގައެވެ. މިހަނގުރާމައިން މައުމޫން ބަލިފުޅުވެވަޑައިގެން އެމަނިކުފާނާ އެންމެ ބޮޑު ސިޔާސީ އިދިކޮޅު ފިކުރުގެ ބޭފުޅުންނާ ގުޅިވަޑައިގެން އުޅުއްވިނަމަވެސް ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ގުޅޭ ކަންކަމުގައި އެމަނިކުފާނު ހުންނަވަނީ ކުރިންވެސް ހުންނެވި ސާބިތުކަންމަތީގައެވެ.

މިހާރު ހިގަމުންދާ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމާއި އިންޑިއާއާއެކު ހަދާފައިވާ ސިއްރު އަސްކަރީ އެއްބަސްވުންތަކުގެ ވާހަކަތައް ތިލަވެ ދެކެވެންފެށުމާއި އަދި އެކަމުގައި ސަރުކާރުގެ ވެރިން ދައްކަވާ ވާހަކަތަކުން ވަރަށް ބޮޑަށް ހިތްޕުޅުގައި ނުތަނަވަސްކަން އުފެދި އެކަމުގެ ތެދުދޮގު އޮޅުން ފިލުއްވުން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް މައުމޫން ސިޓީފުޅެއް ފޮނުއްވިކަމަށް ވެއެވެ. އެސިޓީފުޅެއް ފޮނުއްވައިގެން ރައީސް ސާލިހް އެސިޓީފުޅަށް ޖަވާބު ނުދެއްވައިގެން މައުމޫން ކަންބޮޑުވެވަޑައިގެން އުޅުއްވާކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމެވެ. އެސިޓީގެ ޖަވާބެއް ރައީސް ނުދެއްވައެވެ. ރައީސް މައުމޫން ފަދައިން އެމަނިކުފާނުގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުންނަކީވެސް ވަރަށް ވަތަނީ ބޭފުޅުންކޮޅެއްކަމަށް ބެލެވިފައިވެއެވެ. ރައީސް ޔާމީނާއި ޚިޔާލު ތަފާތުވެގެން އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގުޅިގެން އުޅުއްވިޔަސް ގައުމުގެ މިނިވަންކަމާގުޅޭ ސިއްރު އެއްބަސްވުންތަކާ ދެކޮޅަށް މައުމޫންގެ ދޮށީ އަންހެން ދަރިކަނބަލުން ދުންޔާއާއި ދޮށީ ފިރިހެން ދަރިކަލުން ފާރިޝް ފާޅުގައި ވާހަކަފުޅު ދައްކަވައެވެ. އެދެބޭފުޅުން ފާޅުގައި އެވާހަކަފުޅު ދައްކަވަމުންދާއިރު މައުމޫންގެ ހަތަރު ބޭފުޅުންގެތެރެއިން އެއްބޭފުޅަކު، އާދެ ޔުމްނާ މައުމޫން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވައި އެމަނިކުފާނުގެ ނިންމެވުންތައް ދިފާއުކުރައްވައި ފާޅުގައި އެބަ ވާހަކަފުޅުދައްކަވެވެ. ރައީސް މައުމޫނާއި އަދި އެއްބަނޑުއެއްބަފާ އާއިލާގެ ހުރިހާ ބޭފުޅުން ގައުމުގެ މިނިވަންކަމާ ސިޔާދަތާއި ގުޅޭ މައްސަލާގައި އެއްގޮތެއްގައި ސާބިތުވެ ތިއްބެވިއިރު ޔުމްނާއަށް ޖެހިގެން މިއުޅެނީ ކޮންކަމެއް ހެއްޔެވެ. ބައްޕަގެ ވާހަކަފުޅު މިހާރު ގަބޫލު ނުކުރެއްވެނީހެއްޔެވެ. އަނިޔާއެއް ލިބުނުކަމަށް ވަންޏާ އެންމެ އުނދަގޫ އުފުއްލެވި އެއްބޭފުޅަކީ ބައްޕައެވެ. ދެން ކޮއްކޮ ފާރިޝްއެވެ. ރައީސް ޔާމީންގެ ވެރިކަން ވަށްޓާލުމަށް ގެންނަން އުޅުނު ޖުޑިޝަލްކޫގައި އެދެބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަމަށް ތުހުމަތު ކުރެއްވިގެން ޖަލުގައި ބަންދުވެ ހިތްދަތިކަމާ ކުރިމަތިވެވަޑައިގެންނެވިނަމަވެސް ދިވެހިގައުމުގެ މިނިވަންކަމާ ސިޔާދަތު ދޫކޮށްނުލައްވާނެކަން ފާޅުގައި ހާމަކުރައްވަމުންދާއިރު ޔުމްނާ އެބަހުސްގައި ބައިވެރުވެވަޑައިގަތުމުގެ ޝައުގުވެރިކަމެއް ނެތެވެ. ސިއްރު އެއްބަސްވުންތައް ހުއްޓަސްނެތަސް ފަރުވާލެއްނެތެވެ. ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެންވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރު ދެމެހެއްޓުމަށެވެ. ސާލިހް އަލުން ދިވެހި ގައުމުގެ ވެރިކަމަށް ގެނައުމަށެވެ. ޔުމްނާގެ ދުލުން ނުކުންނަ ހަމައެކަނި ބަހަކީ އަނިޔާވެރިކަމެވެ.

ޔުމްނާއަށް ވެގެން މިއުޅޭގޮތް ދެގޮތަށް މީހުން ކިޔައި އުޅެއެވެ. އެއްކަމަކީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާ ހިތްޕުޅުވުމެވެ. އަނެއްކަމަކީ ފިރިކަލުންނެވެ. ޔާމީންގެ ސަރުކާރު ވަށްޓާލަން ފައިސާގެންގޮސް ބެހިކަމަށް ތުހުމަތުކުރެވިގެން ޔުމްނާގެ ފިރިކަލުން ޖަލަށްލެވުނެވެ.  ޔުމްނާގެ ދުލުން މިނުކުންނަ އަނިޔާވެރިކަމުގެ ލަފްޒަކީ ފިރިކަލުންނަށްޓަކައި ނެރުއްވާ ޖުމްލައެއް ކަމަށް ކިޔައި އުޅެއެވެ. އެހެންވީމާ އެއީ ފިރިކަލުންގެ ލޯތްބަށްޓަކައި ވެވަޑައިގަންނަވާ ގުރުބާނީއެއްކަމަށް ބުނެވިދާނެއެވެ. ހުއްބުލްވަތަންގެ ލޭފޮދު ހިނަގާ ބައްޕައާއި އެބައްޕަގެ ފައިންޕުޅުމަތީގައި ހިންގަވަމުންގެންދަވާ އެއްބަނޑު އެއްބަފާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ބޮޑު މަންޒަރު އަމިއްލަފުޅު ލޯބި ނުވަތަ ހޯއްދަވަން އެދިވަޑައިގަންނަވާ ޖާހާ އިއްޒަތުގެ ސަބަބުން ޔުމްނާއަށް ފެނިވަޑައި ނުގަންނަވަނީކަމަށް ވެދާނެއެވެ. މައުމޫންގެ ކެމެރާގެ ލެންސުން އެހެންމީހަކު ޔުމްނާއަށް ފޯކަސް ކޮށްފިނަމަ ފެންނާނީ ކަޅުއަނދިރީގަނޑެއްގެ ތެރޭގައި ގިނިކަންޏާ ހިންގަވާ ތަނެވެ. ބައްޕަ އުފެއްދެވި އެމްއާރްއެމް ފެންނަނީ މާދުރުންނެވެ. ގައިކޮޅުގައި ހިނގަމުންދާ ގަދަ ރަތްކުލައިގެ ލޭފޮދު މަޑުމަޑުން ރަންރީދުލަށް ބަދަލުވަމުންދާހެންވެސް ހީވެއެވެ.

ކޮންމެއަކަސް ބައްޕަ ރައީސް މައުމޫންގެ ފުޓްސްޓެޕް ޔުމްނާ ފޮލޯ ނުކުރެއްވިޔަސް ދިވެހި ގައުމުގެ ގިނަ ރައްޔިތުން މިއަދުވެސް ދިވެހި ގައުމުގެ މިނިވަންކަމާ ސިޔާދަތާ ގުޅޭކަންކަމުގައި ރަންތިރީސް އަހަރުގެ ލީޑަރގެ ފުޓްސްޓެޕް ފޮލޯ ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.