އިމްރާން އަބްދުﷲ
ހަބަރު
29 Sep 2023 | 10:32
ޝައިޚް އިމްރާނަށް ރޮވެނީ ކީއްވެ؟

މާދަމާ ވޯޓްލާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓް ހޯދައިދޭން ހޯމް މިނިސްޓަރ އިމްރާން ކީރިތި ކުރައްވައިފިއެވެ.

ރޭ އޮތް ޕާޓީގެ ކެމްޕޭން އެންމެ ފަހު އެއްވުންކަމަށް ސިފަކުރި އެއްވުމުގައި ކަންމަތީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރައްޔިތުން ރައީސް ސާލިހަށް ވޯޓްނުދީފާނެތީ ވަރަށް ބިރުފުޅުން ހުންނެވި ކަމަށެވެ. ކީރިތި ކުރައްވައި ލޮލުން ކަރުނަ ބާލައްވަމުން އާދޭހާއެކު އިމްރާން ރައީސް މުހައްމަދު ނަޝީދަށާއި ރައީސް މައުމޫނަށާއި ޤާސިމް އިބްރާހީމަށާއި އުމަރު ނަސީރަށް އިލްތިމާސް ކުރެއްވީ ސާލިހަށް ވޯޓެއް ލައިދޭން އެބޭފުޅުން ރައްޔިތުން ގާތު ވިދާޅުވެދެއްވުމަށެވެ.

" އަޅުގަނޑުގެ އެންމެ ފަހު އިލްތިމާސްއަކަށް ދަންނަވާލަންބޭނުން ރައީސް މައުމޫނަށް، ރައީސް ނަޝީދަށް އޮނަރަބްލް ގާސިމް އިބްރާހީމަށް، އުމަރު ނަސީރަށް އެންމެ ކުޑަމިނުން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓެއްދެއްވުން އެދި ޓްވީޓެއްކޮށްލައްވަން. ޓްވީޓެއްކޮށްލާހާ ހިއްވަރު ގެނެސްދެއްވުން"

އިމްރާނު ވިދާޅުވީ އޭނާގެ ގައިގައި އަދިވެސް މޭޑޭއަށް ނުކުންނާނެ ހިއްވަރު އެބަހުރި ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން މޭޑޭގައި ނުކުތް އެއްވުމަށް އިޝާރާތް ކުރައްވައެވެ.

އިމްރާންގެ ވާހައިން އިންތިޚާބާމެދު ވަރަށް ބޮޑު މާޔޫސީކަމެއްގައި ހުންނެވިކަން ވަރަށް ބޮޑަށް ދޭހަވެއެވެ. ރޭވެސް މައިގަނޑު ގޮތެއްގައި އިދިކޮޅު ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒަށް ނިސްބަތްކުރައްވައި ވަރަށް ގިނަ ސާބިތު ނުހިފޭ ވާހަކަފުޅުތަކެއް ދެއްކެވިއެވެ.

ރޭގައި ވިދާޅުވީ މަޣްރިބު ނަމާދުކުރައްވައިގެން ފުލުހުންގެ އިސް ބައެއް ވެރިންނާ ވާހަކަފުޅު ދައްކަވާލެއްވުމުން މުއިއްޒު އެކުލަވާލާ ކެބިނެޓަކީ ޑްރަގްވިޔަފާރިކުރާ މީހުންގެ ކޮންޓްރޯލްކުރާނެ ސަރުކާރެއް ކަމަށް އެނގިވަޑައިގެންފި ކަމަށެވެ.

މީގެކުރިން ދެއްކެވި ވާހަކައެއްގައި މުއިއްޒުގެ ސަރުކާރެއްގައި ރައްޔިތުންގެ ގަޔަށް ބަޑިޖަހާނެކަން ޔަގީންވާކަމުގައިވެސް ވިދާޅުވިއެވެ.

އޭނާގެ ވާހަކަފުޅުތަކުގައި ޣައިބުގެ ކަންކަމާއި ޔަގީންކަމާއެކު މީހުންގެ ހިތުތެރޭގައި ހުންނަ ކަންކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާތީ އެއީ އިސްލާމީ އިލްމު ކިޔަވައިގެން ހުންނެވި ބޭފުޅަކު ކުރަން ހެޔޮނުވާނެ ކަމެއްކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އިމްރާނަށް ކުރިމަތިވެއެވެ. 

ރޭ އިމްރާން ދެއްކެވި ވާހަކަފުޅުގައި މުއިއްޒަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވީ އިމްރާންގެ އަޚް މުހައްމަދު ޝަހީމް އަލީސައީދެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގުތަކާއި ޑޮކްޓަރ މުއިއްޒާ ގުޅުވައިގެން އެންޓިކެމްޕޭން ކުރެއްވިޔަސް އަދުގެ ތަހްޒީބު ތައުލީމީ ޖީލުން ނުހެއްލޭނެ ކަމަށެވެ.

ފަހަކަށްއައިސް މީގެ ކުރީގެ އިންތިޚާބުތަކުގައި ނުފެންނަހާ ގިނަ އަދަދަކަށް ޕީއެޗްޑީން ފެށިގެން ހުރިހާ ލެވެލްއަކަށް އިލްމީ ބޭފުޅުން މުއިއްޒަށް ތާއީދުކުރާކަން ފާޅުކުރަމުން ގެންދެއެވެ. ވޯޓްލުމުގެ ދެވަނަ ބުރާދިމާކޮށް ފުރަތަމަ ބުރުގައިވެސް މުއިއްޒަށް ތާއީދުކުރި ސަތޭކަ ދީނީ އިލްމުވެރިންވަނީ އެބޭފުޅުންގެ ތާއީދު އަލުން އާކުރާކަމަށް މިއަދު ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.