ރޮޒެއިނާ އާދަމް: ފޮޓޯ / ދެން އެމްވީ
ހަބަރު
01 Oct 2023 | 10:58
ރައްޔިތުންގެ ނިންމުމާ މެދު މުޅި ރާއްޖެ ހިތާމަ ކުރާނެ: ރޮޒައިނާ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިއްޔެ ދިވެހި ރައްޔިތުން ނިންމި ނިންމުމާމެދު އަދި މުޅިރާއްޖެ ހިތާމަކުރާނެ ދުވަސް ވަރަށް އަވަހަށް އަންނާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞާލިޙުއާއި ވާދަކުރައްވައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ކުރި ހޯއްދެވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރޮޒެއިނާ ވިދާޅުވީ، ރައީސް ޞާލިޙު ވަރުގެ އޯގާތެރި ހިތްހެޔޮ ވެރިއެއް މި ޤައުމު ނުދެކޭކަމަށް ރާއްޖޭގެ އެންމެހާ ރައްޔިތުން އެއް އަޑަކަށް ގޮވާނެ ދުވަސް މާ ލަހެއްނުވެ އަޑުއިވޭނެކަމަށެވެ.

https://twitter.com/Roxeyna/status/1708175581433717110?t=xfRvVlX6mms-e-rueP-jOQ&s=19

އެހެންކަމުން މިއަދު ރައްޔިތުން ނުކުމެ އެ ނިންމި ނިންމުމާއިމެދު ހުރިހާ ރައްޔިތުން ހިތާމަކުރާނެކަމަށާއި ރައީސް ޞާލިޙު ފަދައިން ހުރިހާ ރައްޔިތުންނަށް އަޅާލާ، ރައްޔިތުންގެ އަޑުއައްސަވާ އަދި ރައްޔިތުންނަށްޓަކައި ވެރިކަށް ކޮށްދެއްވި އިތުރު ބޭފުޅަކު ނެތްކަން ރައްޔިތުންނަށް އިޙްސާސްވާނެކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތީ 126,265 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 105,158 ވޯޓެވެ.ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އެމަނިކުފާނަށް ފުރަތަމަ ބުރުގައި 110،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

ޑރ މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ގިނަ ފަރާތްތަކުން އަންނަނީ އިންތިޚާބީ އައު ރައީސަށް ތަހުނިޔާ ފޮނުވަމުންނެވެ. 

ކޮމެންޓް
ބެންތެޔޮ
އުފާވެސް ކުރާނެ، އެއީ ކަމަނާގެ ނޮހޮރޮއްޕާނުން ދުވަސްކޮޅަކަށް ސަލާމަތްވާނެތީ.
02 Oct 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.