މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް
ހަބަރު
02 Oct 2023 | 12:37
މަގާމަކަށްވުރެ ބޮޑަށް މިވަގުތު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ޕާޓީ ހިފެހެއްޓުމައްޓަކައި: ރައީސް ޞާލިހު

ޕާޓީގެ މަގާމަކަށް ވާދަކުރެއްވުމަށް ވުރެ ބޮޑަށް މިވަގުތު މަސައްކަތް ކުރައްވަމުންދަނީ ޕާޓީ ހިފެހެއްޓުމައްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ލިބިފައި ނުވާތީ ދެވަނަ ބުރެއްގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު ދެވަނަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.

އެހެންކަމުން ދެވަނަ ދައުރަކަށް ރައީސް ޞާލިހު އިންތިހާބުވެ ވަޑައިނުގަންނަވާނެކަން ޔަގީންވެފައިވާއިރު، މިއަދު އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ދެން އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ މަގާމަކަށް ވާދަކުރައްވަން ޝައުގުވެރިކަން ހުންނެވިތޯ ސުވާލުކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ، ޕާޓީގެ އެތެރޭގައި ހުރި މަގާމުތަކަށް ވާދަކުރެއްވުމާމެދު އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ. އަދި މިވަގުތު އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްތަކީ ޕާޓީ ހީފެހެއްޓެވުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ. 

"ޕާޓީގެ އެތެރޭގައި ހުރި މަގާމުތަކަށް ކުރިމަތިލުމާއި ނުލުން އެއީ އަދި އަޅުގަނޑު ވަކި ގޮތެއް ނުނިންމަން. މި ވަގުތުގެ އަޅުގަނޑުގެ މަސައްކަތަކަށް ވެފައި މިއޮތީ ޕާޓީ ޔުނައިޓްކޮށް ހިފެހެއްޓުން. އެނގިވަޑައިގަންނަވާނެ ބުރަ މަސައްކަތްތަކެއް ކުރުމަށްފަހުގައި، އިންތިހާބަކުން ބަލިވެގެންދާއިރު ހުންނާނެ މާޔޫސްކަމެއް. އަދި އެކިއެކި ލޮޅުންތައް އަރާނެ. އެ ދަނޑިވަޅުގައި ޕާޓީގެ ލީޑަރޝިޕްގައި ތިބޭ ބައެއްގެ މަސައްކަތަކަށް ވާންޖެހޭނީ އަޅުގަނޑު ދެކޭގޮތުގައި ޕާޓީ އެއްކޮށް ހިފެހެއްޓުން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް ވިދާޅުވީ ޕާޓީ ބައިބައި ވެގެން ދިޔަ ނުދީ ހިފެހެއްޓުމަކީ އެމްޑީޕީ އަށްވެސް އަދި ދިވެހިރާއްޖެއަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. 

އެހެންކަމުން "މަގާމަކަށްވުރެ ބޮޑަށް މިވަގުތުގައި މަސައްކަތް ކުރައްވަމުން ގެންދަނީ ޕާޓީ އެއްކޮށް ހިފެހެއްޓުމަށް ޓަކައި" ކަމަށާ "ވަރުގަދަ އޮޕޮސިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ތައްް ކުރުމަށްޓަކައި" ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ