ރައީސް ޞާލިހް އާއި އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ބައްދަލު ކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
03 Oct 2023 | 10:36
ނިޒާމާ ގުޅޭ މައްސަލާގައި ރައީސް ޞާލިހާއި މުޢިއްޒުގެ ޚިޔާލުވެސް އެއްގޮތް!

ދިވެހިރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހު އާއި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ޚިޔާލުފުޅުވެސް އެއްގޮތް ކަން ހާމަވެއްޖެއެވެ. 

އިންތިހާބުން މުއިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ އިވެންޓުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ 2 ލައްކަ އަށްވުރެ ގިނަ ރައްޔިތުން ނުކުމެ، ރިޔާސީ ނިޒާމުގެ ތެރެއިން މިހާރު ވެރިއަކު ކަނޑާއަޅާފައިވާ ކަމަށެވެ. އަދި އެހާ ގިނަ އަދަދެއްގެ މީހުން ނުކުމެ އެފަދައިން ނިންމުމުން ފުރުސަތު ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ 

"މިއީ ރިޔާސީ ނިޒާމެއް. ރައްޔިތުން ނިންމީ ރިޔާސީ ނިޒާމަކުން، ދެލައްކަ ސާޅީހަކަށް ހާސް ރައްޔިތުން ނުކުމެ ވޯޓުލާފައި މިއޮތީ. މި ގައުމުގެ ރައްޔިތުން ބޭނުންވަނީ މިގޮތް. އެހެންވީމާ މިގޮތުގައި މިގައުމު ހިނގާނީ. މިގައުމަކު ރައްޔިތުން ބޭނުމެއް ނުވޭ އިރުއިރު ކޮޅާ އެކި ގޮތަށް ވާހަކަ ދައްކާކަށް. އިރާދަކުރެއްވިޔާ މި ގައުމު ދާނީ މިގޮތަށް" 

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު 

މުޢިއްޒުގެ އިތުރުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވެސް ވަނީ، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރިޔާސީ ނިޒާމް ކަމަށް ވިދާޅުވެފައެވެ. 

"އަޅުގަނޑު ޕާސަނަލީ ގަބޫލުކުރަނީ، ގައުމަށް އެންމެ ފައިދާ ކުރާނީ ރިޔާސީ ނިޒާމުން ކަމަށް. އެއީ އަޅުގަނޑުގެ އަމިއްލަ ވިސްނުން. ޕާޓީގެ ވިސްނުން ޕާޓީން ނިންމާނީ."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހާއި ޑރ. މުޢިއްޒު މިފަދައިން ވިދާޅުވެފައި ވާއިރު، ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ވޯޓަކަށް ކުރިން އަހާފައި ވާނަމަ، އަލުން އެހުމުގެ ބަދަލުގައި މަޖިލީހުގައި ނަގާ ވޯޓަކުން ނިޒާމު ބަދަލު ކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޑިމޮކްރެޓްސްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްްވާފައެވެ. އަދި ނިޒާމީ ވޯޓު އޮކްޓޯބަރ 30 ގެ ކުރިން ނަގަންވެސް ގަރާރެއް ޑިމޮކްރެޓްސް އިން ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ