ރޭގެ ގައުމީ މަޖިލިސް ޖަލްސާގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
04 Oct 2023 | 08:33
އަޅުގަނޑުމެންނަށް އިދިކޮޅުގައި އޮވެގެން މާ ރަނގަޅަށް މަސައްކަތް ކުރެވޭ: ރައީސް ޞާލިހު

މީގެ ކުރިން، އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ، އެމްޑީޕީއަށް މާ ރަނގަޅަށް މަސައްކަތް ކުރެއްވިފައިވާ ކަމަށް އެޕާޓީގެ އިސް ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، ރައީސް ޞާލިހު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ އަމާޒަކަށް ދެން ވާންވީ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް ވުން ކަމަށާއި، އިދިކޮޅު ޕާޓީއަކީ ޑިމޮކްރަސީއެއްގައި މުހިއްމު ބާރެއް ކަމަށެވެ. 

އަދި އެމްޑީޕީ އަކީ އިދިކޮޅު މަސައްކަތްތަކަށް އާ ޕާޓީއެއް ނޫން ކަމަށާއި، އެ ޕާޓީން އިދިކޮޅުގައި އޮވެ މާ ރަނގަޅު މަސައްކަތްތަކެއް ވެސް ކޮށްފައި އެބަހުރި ކަން ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. 

އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ އަނެއްކާވެސް ޒިންމާދާރު އިދިކޮޅުު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ތައްޔާރު ވުން. ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައްޔިތުންނަށްޓަކައި އޮޕޮސިޝަނެއްގެ ގޮތުގައި އޮވެ، ކުރަންޖެހޭ މަސައްކަތް ތެދުވެރިކަމާއެކީގައި، ކުރިއަށް ގެންދިޔުން. އަޅުގަނޑު ހިތުން އެމްޑީޕީއަކީ އެކަމަށް އައު ޕާޓީއެއް ނޫން. އަޅުގަނޑުމެންނަށް ބައެއް ފަހަރު, އިދިކޮޅުު ޕާޓީގެ ގޮތުގައި އޮވެ މާ ރަނގަޅު މަސައްކަތް ތަކެއް ކުރެވޭ. އަޅުގަނޑު ހިތުން މިފަހަރުވެސް ރައްޔިތުންނަށް އެކަން ފެނިގެންދާނެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ އެމްޑީޕީއަކީ ވަރުގަދަ އޮޕޯޒިޝަން ޕާޓީއެއްގެ ގޮތުގައި އޮތުމަށް ދޭން ޖެހޭ އެހީތެރިކަން އެމަނިކުފާނުގެ ފަރާތުން ބަރާބަރަށް ލިބިލައްވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރާށާއި، 2028 ވަނަ އަހަރު އެމްޑީޕީ އަލުން ވެރިކަމަށް ގެނައުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރުމުގައިވެސް އެމާނިކުފާނުގެ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ މިއީ އެމްޑީޕީ ހިންގުމުގެ ތެރެއަށް އާ ވިސްނުމާއި، ޒުވާނުންގެ ޖޯޝާއި ފޯރި އަދި ރޫހު ގެންނަންވީ ވަގުތު ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.