ރޭގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވާހަކަދައްކަވަނީ--ފޮޓޯ/ވޮއިސް
ހަބަރު
04 Oct 2023 | 09:05
އަޅުގަނޑުމެން ކޮށްދިން މަސައްކަތުގެ ވާހަކަ ވަރަށް އަވަހަށް ރައްޔިތުން ދައްކަން ފަށާނެ: ރައީސް ޞާލިހު

ފާއިތުވެދިޔަ 5 އަހަރު ތެރޭގައި އެމްޑީޕީގެ މި ކޯލިޝަން ސަރުކާރުން ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ކަންކަމުގެ ވާހަކަ، އެ ރައްޔިތުން، ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން ރައީސް ޞާލިހްގެ ވިދާޅުވީ، މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މުޅި ދިވެހިރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތް ތަކެއް ކޮށްދެވިފައިވާ ކަމަށެވެ. އަދި އެކަންކަން ރައްޔިތުން ބަލައިގަންނަށް ދެން މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށްވެސް ވިދާޅުވި އެވެ. 

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުންނަށް އަދި، މާ ލަސްތަކެއްނުވެ އަޅުގަނޑުމެންގެ ސަރުކާރުން ކޮށްދީފައިހުރި ކަންތައްތައް ބަލައިގަނެ، އެ ކަންތައްތަކުގެ ވާހަކަ ދައްކަން ފަށާނެ. މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރެއްވިއްޖެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހު ވިދާޅުވީ، ރައްޔިތުންނަށްޓަކައި އެކަންކަން ކޮށްދެއްވާފައިވާއިރު، އެކަން އެ ރައްޔިތުންގެ ވޯޓުން ފެނިގެން ނުގޮސް އިންތިޚާބުން ބަލިވީ، ސަރުކާރާއި ގުޅޭގޮތުން "ވަރަށް ގިނަ ދޮގުތަކެއް" "ބައެއް ފަރާތްތަކުން" ފަތުރަމުން ދިޔުމާއި ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންނަމަވެސް އަޅުގަނޑު މި ދެންނެވިހެން ލަސްތަކެއްނުވެ އޭގެ ހަގީގަތްތައް ހާމަވެ ރައްޔިތުންނަށް އަޅުގަނޑުމެން މި ކޮށްދިން މަސައްކަތްތައް އިހުސާސް ކުރެވެން ފަށާނެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރޭގެ ބައްދަލުވުމުގައި ރައީސް ސާލިހުވަނީ އެ ޕާޓީގެ ކުރިއަށް އޮތް އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ ގޮޑިތައް ޕާޓީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރެއްވުން ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދާ ބަރުލަމާނީ ނިޒާމާގުޅޭ ގަރާރަށް ތާއީދު ނުކުރަން އެމްޑީޕީގެ މުޅި ގައުމީ މަޖިލީހުން ފާސްކޮށްފައިވާއިރު، ރައީސް ޞާލިހު ވަނީ ރާއްޖޭގައި ރިޔާސީ މިޒާމު ދަމަހައްޓަން ކުރެވެން ހުރި މަސައްކަތްތައް އެމަނިކުފާނު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ