އިންޑިއާ ސަފީރާއި މުޢިއްޒު ބައްދަލު ކުރެއްވުން-- ފޮޓޯ/ ޕީޕީއެމް
ހަބަރު
06 Oct 2023 | 14:48
ސަރަހައްދީ ސަލާމަތީ ކަންކަން ކަށަވަރު ކުރަން ރާއްޖެއާ އެކު މަސައްކަތް ކުރާނަން: އިންޑިއާ

ކުރިއަށް އޮތް ތަނުގައި އުފެދިގެން އަންނަ ރާއްޖޭގެ އައު ސަރުކާރާއި އިންޑިއާ ގުޅިގެން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބާގްޗީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ނިޔު ދިއްލީގައި ކޮންމެ ހަފްތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއާ އެކު ދެ ގައުމުގެ ގުޅުމަށް ބަދަލު އައިސްދާނެތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަރިންދަމް ވިދާޅުވީ އިންތިހާބީ ރައީސަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ދުނިޔޭގެ ލީޑަރަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކަމަށާއި މޯދީ ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.

މިއާއެކު އަރިންދަމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތީ ގާތް އެކުވެރި ގުޅުމެއް ކަމަށާއި ދެ ގައުމަކީ އަވައްޓެރި ދެ ގައުމަށް ވާއިރު އެ ގުޅުން އެގޮޮތުގައި ދެމިއޮންނާނެ ކަމަށެވެ. 

"އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް ވަނީ ބައްދަލު ކުރައްވައިފަ. އެ ބައްދަލުވުމުގައިވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައި" މުޢިއްޒާއި އިންޑިއާ ސަފީރު މުނުމަހާވަރް ގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް އަލިއަޅުވާލައްވައި އަރިންދަމް ވިދާޅުވި އެވެ. 

މީގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާއި ގުޅިގެންވެސް ނޫސްވެރިން ވަނީ ސުވާލު ކޮށްފައެވެ. 

އެސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ، އަރިންދަމް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއިން އެކުގައި ގިނަ ދާއިރާތަކަކުން މަސައްކަތް ކުރާ ކަމަށާއި ދެ ގައުމަށް އޮތް ކަންބޮޑުވުންތަކާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރުމަށް އިސްކަންދޭނެ ކަމަށެވެ. ހާއްސަ ގޮތެއްގައި ސެކިއުރިޓީއާ ގުޅޭ ކަންކަމުގައި ދެ ގައުމުގެ ޕާޓްނަޝިޕްގެ ދަށުން މަސައްކަތްތައް ކުރާނެ ކަމަށް އަރިންދަމް ވިދާޅުވި އެވެ.

"ރާއްޖެއާ އެކު އޮންނަ ގުޅުމުގައި އެންމެ އިސްކަންދެނީ ކެޕޭސިޓީ ބިލްޑިންއަށް. އަދި ދެ ގައުމުގެ މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް.. ރާއްޖެ އާއި އިންޑިއާއިން ގުޅުން ބަދަހިކުރާ ދާއިރާތަކުގެ ތެރޭގައި ތަރައްގީ އާއި ސަރަހައްދީ ސަލާމަތީ ކަންތައް އަދި އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނޭ،" އަރިންދަމް ވިދާޅުވި އެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.