އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ އަދާލަތު ޕާޓީ
ހަބަރު
06 Oct 2023 | 16:22
ސިޔާސީ މަސައްކަތަށް ނިކުންނަންވާނީ ފާޑު ކިޔުންތައް ތަޙަންމަލު ކުރުމުގެ ވިސްނުމާއެކު: ޢިމްރާން

ސިޔާސީ މަސައްކަތަށް ނިކުންނަންވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަޙަންމަލު ކުރުމުގެ ވިސްނުމާވެސް އެކުގައި ކަމަށް ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ. 

ޢިމްރާން މިއަދު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ފާޑުކިޔުންތަކާ ކުރިމަތި ނުލާ އިސްލާހީ މަސައްކަތް، ވަކިން ޚާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެކަމަށް ހީކުރުމީ ވަރަށްބޮޑު ކުށް ހީ އެއް ކަމަށެވެ. 

"ސިޔާސީ މަސައްކަތަށް ނިކުންނަންވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަޙަންމަލު ކުރުމުގެ ވިސްނުމާވެސް އެކުގައެވެ." ޢިމްރާން ވިދާޅުވި އެވެ. 

ޢިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ ކޮން ބަޔަކަށް އަމާޒު ކުރައްވައި ކަމެއް ސާފު ނުވި ނަމަވެސް، ޢާއްމު ގޮތެއްގައި އޭނާގެ ޓުވީޓުތައް އަމާޒުކުރައްވަނީ ސިޔާސީ މައިދާނުގައި އޭނާގެ ފިކުރާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށެވެ. ޚާއްސަކޮށް އިދިކޮޅުު ޕީޕީއެމް/ޕީއެންސީ އަށެވެ. 

ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ މީހުންނަށް ފާޑުވިދާޅުވެ މާނަ ފުން ޓުވީޓުތަކާއި ތިލަ ޓުވީޓުތައްވެސް ދޭތެރެ ދޭތެރެއިން އޭނާ ކުރަމުން އަންނައިރު، އެފަދަ ޓުވީޓު ތަކުގެ ސަބަބުންނާއި އޭނާ ދައްކަވާ ބައެއް ވާހަކަތަކުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވަމުންދާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. 

އެގޮތުން ކުރިމަތިވާ ބައެއް ފާޑުކިޔުންތަކަށް ރައްދު ދެއްވާއިރު، ގިނަ ފަހަރަށް އެކަން ކަމާއި ގުޅިގެން އެއްޗެއް ވިދާޅުނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ