ހުސެއިން އަމްރު/ ފޮޓޯ: ފެށުން
ހަބަރު
07 Oct 2023 | 10:35
އަޅުގަނޑުމީ އެމްޑީޕީގެ ޗެއާޕާސަން ނަމަ ފުރަތަމަ ބަލާނީ ބަލިވި ސަބަބު: އަމްރު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ނަމަ އެންމެ ފުރަތަމަ ބައްލަވާނީ ރިޔާސީ އިންތިޚާބު ނާކާމިޔާބުވާން ދިމާވި ސަބަބުތަކަކީ ކޮބައިތޯ ކަމަށް އެމްޑީޕީއާއި ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ. 

އަމްރު މިފަދައިން ވިދާޅުވެފައިވަނީ ދަ ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ކުޑަ ޕާޓީއަކުން ވާދަކޮށް ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ބަލިކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދައިން އިންތިޚާބު ބަލިވުމަށް ދިމާވި ސަބަބުތައް ދެނެގަތުމަކީ މިވަގުތު އެމްޑީޕީން އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭނެ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

އެހެން ނަމަވެސް އެހާ ބޮޑު ބައްޔެއް ވެގެން ދިޔައިރު، އެމްޑީޕީން ގައުމީ މަޖިލީސް ބާއްވާ އެންމެ ފުރަތަމަ އެޖެންޑާކުރީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށްކަމަށް އަމްރު ފާހަގަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެއީ ހަގީގަތުގައި އެހާތަނަށް ވުޖޫދުގައިވެސް ނެތް މައްސަލައެއް ކަމަށެވެ. އަދި މިއަދު އަމްރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަމަ، ރިޔާސީ އިންތިޚާބަށް ފަހު ބާއްވާ ފުރަތަމަ އެފަދަ ބައްދަލުވުމެއްގައި ނިޒާމާއި ބެހޭ މައްސަލަ އެޖެންޑާވެސް ނުކުރައްވާނެ ކަމަށް އަމްރު ވިދާޅުވި އެވެ. 

"އަޅުގަނޑުމީ އެ ޕާޓީގެ ޗެއާޕާސަން ނަމަ އަޅުގަނޑު ފުރަތަމަ ވެސް ހުށައަޅާނީ އެވަރު ބޮޑު ބައްޔެއް ވެގެން މިދިޔައީ ކީއްވެގެންތޯ ބަލަން އިންޑިޕެންޑެންޓުކޮށް، މިނިވަން ކޮމެޓީއެއް ނުވަތަ ކޮމިޝަނެއް ނަގަން. އަދި ދެވަނަ ކަމަކަށް އެ ކޮމެޓީން ނިންމާ ކަންކަން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ދޭން، އަދި އެއީ ކޮންމެ މީހަކު ކަމުގައި ވީ ނަމަވެސް އެ ޒިންމާ ނަގަން ޖެހޭ މީހުން ޒިންމާ ނަގާ ދުރުވާން ޖެހޭ މީހުން ދުރުވާނެކަމުގެ ޔަގީންކަން ދޭން"

ހުސެއިން އަމްރު

އަމްރު ވިދާޅުވީ ވެރިކަމުގެ ނިޒާމާއި ބެހޭގޮތުން ވާހަކަދެއްކުމުގެ ބަދަލުގައި ރިޔާސީ އިންތިޚާބުން ބަލިވުމަށްފަހު ބޭއްވި އެމްޑީޕީގެ ފުރަތަމަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ދައްކަން ޖެހޭނީ ދެން އެ ޕާޓީ ކުރިއެރުވުމަށް ކުރައްވާނެ ކަންކަމުގެ ވާހަކައެވެ. އަދި ސިޔާސީ ހަމަޖެހުން ގެނައުމަށް ކުރެވޭނެ ކަންކަމުގެ ވާހަކައެވެ. 

އަމްރުގެ ވާހަކައިގައި ވަނީ އެމްޑީޕީގެ މިއަދުގެ ލީޑަޝިޕަށް ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. އެގޮތުން އޭނާ ވިދާޅީ ހަގީގަތުގައި މިހާރު އެމްޑީޕީގައި ހަރުދަނާ ލީޑަޝިޕެއް އޮތްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. 

އެމްޑީޕީގައި އިސްކޮށް ތިއްބެވި ގިނަ ބަޔަކު ވަނީ އެ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދާފައެވެ. އެ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަވެސް ކޮށްފައެވެ.

ކޮމެންޓް
ކުއްލިއްޔާ
ބަލިވި ސަބަބަކީ ޕާޓީތެރެއިން ހާއިނުންގެ ބަޔަކު އުފެދުން. އެބައި މީހުންނަކީ ފިތުނަވެރި، ހަސަދަވެރި ބަޔަކަށްވެ ވަކިވެގަނެ ދޮގުފެތުރުން.
07 Oct 2023
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.