ގަމު ކައުންސިލްގައި ރައްޔިތުން އިހްތިޖާޖު ކުރަނީ
ހަބަރު
08 Oct 2023 | 14:59
ގޯތި ނުލިބޭ މައްސަލައިގައި ލ ގަމުގައި އިހުތިޖާޖު ކުރަނީ

ރާއްޖޭގައި އޮތް އެއްފަސް އެންމެ ބޮޑު އެއް ރަށް ކަމުގައިވާ ލ ގަމުން އެ ރަށުގެ ރައްޔިތުންނަށް ގޯތި ނުދޭ މައްސަލާގައި އެ ރަށުގެ އާންމުން ނިކުމެ ކައުންސިލް ކުރިމަތީގައި އިހުތިޖާޖު ކޮށްފިއެވެ. 

މިއަދު އެ ރަށު ކައުންސިލް ކުރިމަތީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ޖުމުލަ ގޮތެއްގައި ތިން ކަމަކަށް އެ ރަށުގެ ރައްޔިތުން ވަނީ ގޮވާލައިފައެވެ. 

އެއީ 16 އަހަރު ވަންދެން އެ ރަށުގެ ރައްޔިތުންނަށް ގޯތި ނުދީ އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރަށުގެ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުން ގޯތި ލިބޭނެ އިންތިޒާމުތައް ހަމަ ޖައްސައިދިނުމަށާއި، ހުޅުމާލެ ތަރައްގީ ކުރުމުގެ ކުރިން އޭރުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް އެ ރަށުން ދޫކޮށްފައިވާ 521 ގޯއްޗާއި މެދު އަލުން ގޮތެއް ނިންމައި އެ އެ ތަނުން ގަމު ރައްޔިތުންނަށް ގޯތި ދޫކުރުމަށެވެ. މީގެ އިތުރުން ކައުންސިލުން އެންމެ ފަހުން ދިނުމަށް އިއުލާންކޮށް އެންމެ ފަހުގެ މަރުހަލާ އާއި ހަމައިން ހުއްޓުނު ގޯތިތައްކަށް ވީ ނުވީއެއް ހާމަކޮށްދިނުމަށެވެ. 

އެ ރަށުން ވޮއިސް އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މީގެ އަހަރުތަކެއް ކުރިން އެރަށުން މާލޭގެ ރައްޔިތުންނަށް ދޫކުރި 521 ގޯތި އަދިވެސް ހުރީ އެ ހުރިގޮތަށް އިމާރާތެއް ނުކޮށް ކަމުގައެވެ. 

ފަހުން ހުޅުމާލެއިން ގޯތި ދޫކުރީމަ ދެން އެމީހުން ނާންނާނެ ދޯ، ގިނަ ގޯތި ހުރި ވަށާ ފާރު އެކަނި ރާނާފަ އެހުރި ގޮތަށް 

ލ ގަމު ރައްޔިތެއް

އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ފަރާތްތަކުން އިހްތިޖާޖު ކުރަން ޖެހުނީ ކައުންސިލުގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބަރުލުމެއް ނުލިބުމުގެ ސަބަބުން ރައްޔިތުންގެ ގެ އިހްސާސްތައް ކައުންސިލަށް އަޑުއިއްވުމަށް ކަމުގައެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ގޯތީގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދެއްކުމަށްވެސް ކައުންސިލުންވަނީ ބޭނުންނުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.