އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/ ވޮއިސް
ހަބަރު
10 Oct 2023 | 13:02
އައު ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދެވޭނެ މަގަށް: ޑރ. މުޢިއްޒު

ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ޙައްޤެއް ކަމަށާ، އެމަނިކުފާނުގެ ސަރުކާރުގައި އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާޞަބަތުގައި މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ޙައްޤެއް ކަމަށާ، މި އަސާސީ ޙައްޤު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެން ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރުގައި މި މަގަށް ސިޔާސަތުތައް ބައްޓަންކުރާނަމެވެ." ޑރ. މުޢިއްޒު ވިދާޅުވިއެެވެ. 

މުޢިއްޒު މިފަދައިން ވިދާޅުވެފައި ވާއިރު، ރިޔާސީ ކެންޕެއިންގެ ތެރެއިން އެމާނިކުފާނު ވަނީ ރާއްޖޭގައި ނަފްސާނީ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން ވަރަށް ގިނަ ކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ސަރުކާރުގައި އެފަދަ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ ޤާނޫނެއް އެކުލަވާލައި، ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް އިންޓަނޭޝަނަލް ހޮސްޕިޓަލެއް ލ. ގަމުގައި އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.