އެމްއެންޕީން ޕީޕީއެމާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
11 Oct 2023 | 11:43
މަޖިލީހަށް ނިކުންނާނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ އެއްކޮށް: އެމްއެންޕީ

ރައްޔިތުންގެ މަޖިލީހަށް ނިކުންނާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އެކުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީން) ހާމަކޮށްފި އެވެ. 

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ 9 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ޕީޕީއެމް ޕީއެންސީއާއެކު ގުޅިގެން މަސައްކަތް ކުރުމަށް ހެދިފައިވާ އެއްބަސްވުމަކީ ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ކުރިއަށް އޮތް އިންތިޚާބުތަކުގައި ތިން ޕާޓީން އެކުގައި ވާދަކުރުމާއި ގުޅޭގޮތުން ވަކި މާއްދާއެއް ހިމަނާފައިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. 

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ 9 ވަނަ ބައްދަލުވުމުގެ ތެރެއިން

މާލޭ މޭޔަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާ އިންތިޚާބުން ފެށިގެން، 2024 ވަނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އަދި އެހެނިހެން ހުރިހާ އިންތިޚާބުތަކުގައިވެސް، 3 ޕާޓީއިން ވެސް ކެނޑިޑޭޓުން ވާދަކުރުމަށް ބޭނުންވާނަމަ 3 ޕާޓީގެ މެމްބަރުންގެ މެދުގައި ޕްރައިމަރީ އެއް ބޭއްވޭނެކަމަށާއި، އިންތިޚާބުގައި ވާދަކުރާނީ ޕްރައިމަރީ އިން ހޮވޭ ފަރާތެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ޕްރައިމަރީ ކާމިޔާބުކުރާ ފަރާތްތަކަށް ތިން ޕާޓީން ވެސް އިޚްތިރާމްކުރާނެ ކަމަށާއި، އަދި ކުރިއަށް ދާނީ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތްތަކާއި އެކުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ. 

އޭގެ އިތުރުން ނާޒިމް ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބުވީ އެމްއެންޕީން ވެސް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

އަދި ޑރ މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެމްއެންޕީން ކުރަމުން ގެންދާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.