ހުސައިން އަމްރު -- ފޮޓޯ/ ވޮއިސް
ހަބަރު
11 Oct 2023 | 13:37
މިދިޔަ 5 އަހަރު ތެރޭ ފެނަކަ ބަނގުރޫޓު ކޮއްލި މައްސަލަ ބަލަންޖެހޭ: ޢަމްރު

މިދިޔަ 5 އަހަރު ތެރޭ ފެނަކަ ބަނގުރޫޓު ކޮއްލި މައްސަލަ ބަލަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ދަރަނި ފިލުވަން އެ ކުންފުނިން އެމްއައިބީއިން 400 މިލިއަން ރުފިޔާގެ ލޯނެއް ނެގި ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރި މައުލޫމާތު ތަކުން ވަނީ އެނގިފައެވެ. 

އެކަމަށް އިޝާރާތް ކުރައްވައި ޢަމްރު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ފެނަކައިގެ ދަރަނި މިހާރު 3.5 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އަދި ފެނަކައިގެ ދަރަނީގެ މައްސަލަ އަކީ އައު ސަރުކާރުން ހައްލުކުރަން އޮތް ބޮޑު މައްސަލައެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. 

"5 އަހަރު ތެރޭ ކުންފުނި ބަނގުރޫޓު ކޮއްލި މައްަަސަލަ ބެލަންޖެހޭ. ކުންފުނީގެ މައި ހިއްސާދާރާ ހިންގަން ތިބި މީހުން ޒިންމާ ވާންޖެހޭ. ހައްޤު އަދަބު ދޭންޖެހޭ." އަމްރު ވިދާޅުވި އެވެ. 

ހުސައިން އަމްރު 

ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާ ހިއްސާކުރި ގޮތުގައި ފެނަކައަށް ބޭނުންވާ ވޯކިން ކެޕިޓަލް ހަމަޖެއްސުމަށް އެމްއައިބީއިން ނަގާ ދެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފައިވެއެވެ. އެ މިނިސްޓްރީން ބުނީ އެއީ 200 މިލިއަން ރުފިޔާގެ ދެ ލޯނެއްކަމަށާއި ގެރެންޓީ ދިނީ 22 ޖޫން އާއި 27 އޮގަސްޓްގައި ކަމަށެވެ.

މިނިސްޓްރީން ހާމަކުރިގޮތުގައި އެ ލޯނުތަކުގައި ސޮއިކޮށްފައިވަނީ 20 ޖޫން އަދި 20 އޮގަސްޓުގައެވެ. އަދި ލޯނުތައް އަނބުރާ ދައްކަން ދީފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތެކެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައި ކުންފުނި އޮތީ މާލީ ގޮތުން ނާޒުކު ހާލަތެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.