ޕާސްޕޯޓެއް
ހަބަރު
12 Oct 2023 | 09:53
ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ 2،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ހަދައިފި

ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގާ ޖޫރިމަނާ 2،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.

އިއްޔެ ގެޒެޓުކޮށްފައިވާ ޕާސްޕޯޓާއި ބެހޭ ގަވާއިދުގައި ވާގޮތުން، ޕާސްޕޯޓް ގެއްލިއްޖެނަމަ، ޕާސްޕޯޓު ހަދައިދެވޭނ،ީ ޕާސްޕޯޓު ގެއްލެން މެދުވެރިވި ހާލަތަށް ރިޢާޔަތްކޮށް އެ ފަރާތުގެ އިހުމާލު އޮތްކަން ނުވަތަ ނެތްކަން އަންގައިދޭ ޕޮލިސް ރިޕޯޓެއް ލިބުމުން ކަމަށެވެ.

އަދި ޕާސްޕޯޓު ގެއްލުނީ ނުވަތަ އިހުމާލުން ނަމަ، އައު ޕާސްޕޯޓެއް ހަދައިދެވޭނީ -/2000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށްފަހ،ު އެ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިމިގްރޭޝަނަށް ދެއްކުމުން ކަމަށާ އެ ޖޫރިމަނާ ފައިސާ ދައްކަންވާނ،ީ ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅާއިރު ކަމަށްވެސް ގަވާއިދުގައި ވެއެވެ. 

ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސ،ް ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމ،ަ ޕޮލިސް ރިޕޯޓަކާ ނުލައި އައު ޕާސްޕޯޓަކަށް އެދި ހުށަހެޅޭނެ ކަމަށާ، އަދި މިފަދަ ފަރާތްތަކަށް ޖޫރިމަނާއެއް ކުރުމަކާ ނުލައި ޕާސްޕޯޓު އައުކޮށްދެވޭނެ ކަމަށްވެސް އޭގައި ވެއެވެ. 

މީގެ އިތުރުން، ޕާސްޕޯޓު ގެއްލިގެން ރިޕޯޓުކުރާ ފަރާތްތަކުގެ  ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށ،ް އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައ،ި ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށްވެސް އިސްލާހުގައިވެއެވެ. 

މީގެ ކުރިން އޮންނަނީ ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000ރ. އާއި 20،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާށެވެ. އެއީ ފުރަތަމަ ފަހަރު 5،000ރ. އަދި ދެވަނަ ފަހަރު 10،000ރ. އަދި ތިން ވަނަ ފަހަރު 20،000ރ. އެވެ.

ގަވާއިދުގައި އިތުރަށް ބުނެފައިވާ ގޮތުން، 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެކެވެ.

ހަމަ އެހެންމެ، އެއް ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓް ދޫކުރެވޭނެ ހާލަތްތަކާއި އޮފިޝަލް ޕާސްޕޯޓް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރުމާއި އެއާ ގުޅޭ އެކި ކަންކަން ވެސް ގަވައިދުގައި ވަނީ އިސްލާހުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.