ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުالله-- ފޮޓޯ/ އިންތިޚާބީ ރައީސްގެ އޮފީސް
ހަބަރު
12 Oct 2023 | 12:55
"ކެބިނެޓް އެކުލަވާލުމަކީ ޑރ. މުޢިއްޒުގެ ކަމެއް؛ އެކަމާ ގުޅޭ ލިސްޓެއް ރައީސް ޔާމީން ފޮނުއްވި ކަމެއް ނޭނގެ"

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓް އެކަލަވައިލުކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާ، އެކަމާއި ގުޅިގެން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ލިސްޓެއް އެމަނިކުފާނަށް ފޮނުއްވާފައިވާކަން އެނގިފައި ނުވާ ކަމަށް، ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ޑރ. މުޢިއްޒު ރިޔާސީ އިންތިހާބަށް ވާދަކުރެއްވީ ރައީސް ޔާމީންގެ އިތުބާރާއި އެކުގައި ކަމަށާ، އެމަނިކުފާނު ކުރި އަރުވާނީ ރައީސް ޔާމީންގެ ތަރައްގީގެ ފިކުރު ކަމަށް މުއިއްޒު ކެންޕެއިންގެ ތެރެއިން ތަކުރާރުކޮށް ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނުމަށް އެދި، ރައީސް ޔާމީން ބައެއް ބޭބޭފުޅުންގެ ނަން ހިމެނޭ ލިސްޓެއް ފޮނުއްވި ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. 

އެކަމާއި ގުޅިގެން، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ކެބިނެޓް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްް ކަމަށެވެ.

ކެބިނެޓް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދޭ ހައްގެއް. ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންދާނީ. ދެން އެއަކަށް ނުޖެހޭ، އިތުރު ބޭބޭފުޅުން، އަޅުގަނޑު ވިޔަސް އެހެން ބޭފުޅަކު ވިޔަސް، ލިސްޓު ހަދާފައި ފޮނުވަން. އެއީ އެކަން އޮންނަ ގޮތެއް ނޫން.  އަޅުގަނޑަށް މިހާތަނަށް އައި އިރު އެނގިފައެއް ނެތް ރައީސް ޔާމީން ލިސްޓެއް ފޮނުއްވި ކަމެއްވެސް އަދި ފޮނުއްވާފައި އެއާ ދޭތެރޭ ޑރ. މުޢިއްޒު  އެއަށް އެއްޗެއް ވިދާޅުވި ކަމެއްވެސް. 

އަބްދުއްރަހީމް އަބްދުالله 

މީގެ އިތުރުން އަދުރޭ ވިދާޅުވީ، ރައްޔިތުން ވޯޓު ލައިގެން ވެރިކަން ހަވާލު ކުރެއްވީ ޑރ. މުޢިއްޒު އާ ކަމަށާ، އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލާއިރު ހިމެނޭނެ ބޭފުޅުން ކުރިއާލާ އިއުލާން ކުރައްވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ކެބިނެޓުގައި ހިމެނުނު ބޭފުޅުން މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާނީ ކިތައް އިންސައްތައިން ކަންވެސް ވިދާޅުވާން ނޭނގޭ ކަމަށް އަދުރޭ ވިދާޅުވިއެެވެ. 

"އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ ރައީސް މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާނީ އެމަނިކުފާނު އެދޭ ވަރަށް މަސައްކަތް ކުރުމުގެ ގާބިލް ކަމާއި ހުނަރާއި ހިތްވަރު ހުރި ބޭފުޅުން ކަން." އަބްދުއްރަހީމް ވިދާޅުވިއެެވެ. 

އަދުރޭ މިފަދައިން ވިދާޅުވެފައި ވާއިރު، ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން މުޢިއްޒު ބޭއްވެވި އެންމެ ފުރަތަަމަ ބައްދަލުމުގައި ވެސް އެމަނިކުފާނު ވަނީ ރައްޔިތުން ވެރިކަމަށް އިންތިޚާބު ކުރެއްވީ އެމަނިކުފާނު ކަމަށާ، އަދި ވެރިކަން ކުރައްވާނީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ފިޔަވައި އެހެން މީހެއްގެ އެމަނިކުފާނުގެ މައްޗަށް ނުހިނގާނެ ކަމަށްވެސް މުޢިއްޒު އެ ރޭ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.