ޑރ. މުޢިއްޒު އަލްޖަޒީރާ އަށް އިންޓަވިއު ދެއްވަނީ--
ހަބަރު
15 Oct 2023 | 16:52
އިންތިޚާބީ ރައީސްގެ އަލްޖަޒީރާ އިންޓަވިއުއަށް ރައީސް މައުމޫންގެ ތަޢުރީފް؛ އެދި ލެއްވީ ކާމިޔާބީއަށް!

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު އަލްޖަޒީރާ ނޫހަށް ދެއްވި ބަސްދީގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތަޢުރީފް ކުރައްވައިފި އެވެ.

އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ޑރ. މުއިއްޒު ބޭރުގެ މީޑިއާއަކަށް ދެއްވި އެންމެ ފުރަތަމަ އިންޓަވިއު އިއްޔެ އަލް ޖަޒީރާއިން ދައްކާފައިވާއިރު، އެކަމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނު އެ އިންޓަވިއު ބެއްލެވި ކަމަށް ވިދާޅުވެފައެވެ. އަދި، އެއީ ވަރަށް ފުރިހަމަ އިންޓަވިއުއެއް ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގައުމަށް ޚިދުމަތް ކުރުމުގައި ޑރ މުޢިއްޒަށް ކާމިޔާބީއަށް އެދިލައްވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ. 

ރައީސް މައުމޫންގެ އެ ބަސްފުޅުތަކަށް ޑރ. މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިންތިހާބީ ރައީސް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް އޮތް ގޮންޖެހުންތަކާއި ގުޅޭގޮތުންނާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލަ އަދި ކުރިއަށް އޮތް ފަސް އަހަރު ދިވެހީންގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވާނެ ގޮތުގެ ތަފްސީލް ހިއްސާ ކުރައްވާފައެވެ. 

އަދި ހަމަ އެހެންމެ، ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސިޔާސީ ނުފޫޒުން މިނިވަން ކުރައްވާނެ ކަމަށާ، ޖޭއެސްސީ ގައި އެއްވެސް ސިޔާސީ ފަރާތެއް ނުބަހަށްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން، ރާއްޖޭގެ ދަރަނީގެ ހާލަތާއި މެދު ވެސް މުއިއްޒު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން، ބޭރުގެ ދަރަނި 100 ބިލިއަން ޑޮލަރުން މައްޗަށް އަރާފައިވާކަން ފާހަގަ ކުރައްވާ ދަރަނީގެ ދެބައި ކުޅަ އެއްބައި ދަރަންޏަކީ އިންޑިއާއަށް ދައްކަން ޖެހޭ ދަރަނި ކަން ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.