އަނަންތަރާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
17 Oct 2023 | 09:13
ޕެނަލްޓީގައި ހާޑްރޮކް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ އަނަންތަރާ އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ހަވީރު އަނަންތަރާ ދިގު މޯލްޑިވްސް އާއި ހާޑްރޮކް ހޮޓެލް މޯލްޑިވްސް ވާދަކުރި މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 7-8 ގެ ނަތީޖާއަކުން މޮޅުވެ އަނަންތަރާ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އަނަންތަރާ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އިތާފުށި ބަލިކުރުމަށްފަހު އެވެ. އަދި ހާޑްރޮކް ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި  ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ބޮލިފުށި ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަނަންތަރާ އިންނެވެ. މިލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ހުމައިދު އެވެ. މިއީ ހާޑްރޮކްގެ ޕެނަލްޓީ އޭރިއާ ރޮނގުމަތީހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި އަނަންތަރާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ޝުޖާއު އަލީ އެވެ. މިއީ ހާޑްރޮކްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މޫސާ ޒާހިރު އެވެ. މިއީ އެޓީމުގެ ޝުޖާއު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް ޖެހިގެން އައި މިނެޓުގައި ހާޑްރޮކް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އައިމަން އިލްޔާސް އެވެ. މިއީ އަނަންތަރާގެ ހާފު މެދެންހާ ހިސާބުހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަނަންތަރާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ހާޑްރޮކް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނަވާފް އަހުމަދު އެވެ. މިއީ އެޓީމުގެ މުހައްމަދު ސުހައިލް މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް އަނަންތަރާގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ހާޑްރޮކް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ފައިޒާން އެވެ. މިއީ އަނަންތަރާގެ ޕެނަލްޓީ އޭރިއާ ބޭރުން ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ މިނެޓެއް ފަހުން ފައިޒާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

މިނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް އަނަންތަރާ އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އެންމެ ފަހު މިނެޓްގައި އެޓީމުގެ އަހުމަދު ހުމައިދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 4-4 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އަނަންތަރާ އިން ކުރި ހޯދީ 8-7 ގެ ނަތީޖާއަކުންނެވެ. އަނަންތަރާ އިން ކުރިއަށް ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިިން ޝުޖާއުގެ ޕެނަލްޓީ ކީއްޕަރު ދިފާއުކުރި އިރު، ހުމައިދު، ފައުޒީ، ޝަހުދީ އަދި ވިޝާލް ކުރިއަށް ފޮނުވާލި ޕެނަލްޓީތައް ވަނީ ކާމިޔާބުކޮށްފައެވެ.

ހާޑްރޮކްގެ ފަސް ޕެނަލްޓީގެ ތެރެއިިން މުހައްމަދު ސުހައިލް، އައިމަން އިލްޔާސް، އަދި އަހުމަދު މަޝީދުގެ ޕެނަލްޓީ ކަމިޔާބުކުރި އިރު، ހަސަން އިނާދު އަލީ އަދި ހަސަން ނަވާފް އަހުމަދު ކުރިއަށް ފޮނުވާލި ޕެނަލްޓީ ގޯލާއި އަމާޒުނުވެ ދިޔައީ ބޭރަށެވެ. މިއާއެކު އަނަންތަރާ އިން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރީ 8-7 ގެ ނަތީޖާއަކުންނެވެ. 

މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އަނަންތަރާގެ އަހުމަދު ހުމައިދު އެވެ. އަދި މުބާރަތުގެ ފައިނަލްގައި މިމަހުގެ 18 ވަނަ ދުވަހު އަނަންތަރާ އިން ނުކުންނާނީ ކްރޮސްރޯޑްސް އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.