މުހައްމަދު އިސްމާއިލް-- ފޮޓޯ/ވޮއިސް
ހަބަރު
22 Oct 2023 | 12:05
ޢިމްރާން އަށް ހުރިހާ އެއްޗަކީވެސް ފައިސާއާއި މަގާމު: މުހައްމަދު އިސްމާއިލް

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله އަށް ހުރިހާވެސް އެއްޗަކީ ފައިސާ އާއި މަގާމު ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ، އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ފަލަސްޠީނުގެ މައްސަލައިގައި އިމްރާންއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން ދިޔުމާއި ގުޅިގެން، ދާދިފަހުން އޭނާ ވަނީ އެ ފާޑުކިޔުންތަކަށް، އަދި މީހަކު ދޭ އިންޒާރަށް ފަސް ނުޖެހޭނެ ކަމަށް ބުނެފައެވެ. 

އެކަމަށް ރައްދު ދެއްވައި މުހައްމަދު އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏ޢިމްރާން ހޯމް މިނިސްޓަރަކަށް ވެ ހުންނަވައިގެން ހިނގަމުންމިދާ 5 އަހަރު ތެރޭ މުހައްމަދު އިސްމާއިލް 49 ފަހަރު ޖަލައްލާ އެކިވަރުގެ އަނިޔާކޮށް ފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ޓެރެރިޒަމް ކުށުގެ ތުހުމަތުކޮށް 45 ދުވަހު ކުޑަގޮޅީގައި ބާއްވައި، 15 އަހަރާ 5 އަހަރުގެ ދައްވާއެއް ކުރުމަށް ޕީޖީ ޝަމީމަށް އަންގަވާފައިވާ ކަމަށެވެ.

މުހައްމަދު އިސްމާއިލް ވަނީ އޭނާއާމެދު އެފަދައިން ކަން ކުރީ ކޮން ކުށެއް ކޮށްގެންތޯ ސުވާލު ކުރައްވާފަ އެވެ.

"މަގުމަތީ ހަރަކާތް ހުއްޓިންތޯ؟ އެެއްވެ އުޅުމާ ހިޔާލްފާޅުކުރުމަކީ ކޮންމެ ރައްޔިތަކަށްވެސް އޮތް ހައްގެއްކަން ނޭގެނީތޯ؟ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީތޯ؟ ތިޔައީ ދެފުއްދެގޮތް މުނާފިގެެއް. ތިޔަމީހައައް ހުރިހާ އެއްޗަކީވެސް ފައިސާއާއި މަގާމު ނޫންތޯ؟" މުހަައްމަދު އިސްމާއީލް ވިދާޅުވި އެވެ. 

ކޮމެންޓް
ޙަސަންޓޭ
މި ހިގާ ފަސްއަހަރު އަނިޔާ އެއް ނުކުރާނެ ކާކުދައްކާ ހޮޅި ވާހަކައެއް
22 Oct 2023
ގުޅޭ ލިޔުންތައް
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ
09 Jul 2026
ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ، ސިންތެޓިކް ކެތިނޯން އެވެ
09 Jul 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސްދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ