އިންތިގާލީ ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: އިންތިގާލީ ރައީސްގެ އޮފީސް
ހަބަރު
31 Oct 2023 | 15:13
އިންޑިއާ ސިފައިންގެ މައްސަލައިގައި ސަފީރުގެ ފަރާތުން ލިބުނީ އުންމީދީ ޖަވާބެއް: ފިރުޒުލް

ޤަވައިދާއި ޚިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތާއި ގުޅޭގޮތުން އިންޑިއާގެ ސަފީރުގެ ފަރާތްޕުޅުން އުންމީދީ ޖަވާބުތަކެއް ލިބިފައިވާކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ. 

ފިރުޒުލް މިފަދައިން ވިދާޅުވެފައިވަނީ މިއަދު އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންޑިއާ ސިފައިން މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ގޮށްފައިވާ ހިސާބާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

ފިރުޒުލް ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި، ގެއްލިފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރެވެން ހުރި ކަންކަން އިންތިގާލީ މަރުހަލާގައިވެސް ބަލަމުންދާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ހާލަތު ދެނެގަތުމުގެ މަސައްކަތްތައް ކަމަށާއި، އަދި އެކަންކަމާއި ގުޅޭ މައުލޫމާތުތައް ވެސް މިހާރު ކޮންމެވެސް މިންވަރަކަށް ލިބިފައިވާކަން ފިރުޒުލް ފާހަގަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އިންތިގާލީ މަރުހަލާގައި ވެސް އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި ގުޅޭ ބައެއް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޑިއާ ސަފީރު ކުރެއްވި ޒިޔާރަތުގައި، އެކަމާއި ގުޅޭ ވާހަކަތައް ދައްކަވާފައިވާ ކަމަށާއި، އަދި ސަރީފުގެ ފަރާތުން ވެސް އެ މައްސަލަ ޙައްލުކުރެވިދާނެ ކަމުގެ އުންމީދީ ޖަވާބުތަކެއް ލިބިގެން ގޮސްފައިވާކަމަށް ފިރުޒުލް ވިދާޅުވި އެވެ. 

"އިންޑިއާ ސިފައިންނާއި ގުޅޭގޮތުން އިންޑިއާ ސަފީރު (އިންތިޚާބީ) ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރޭގައި ވެސް މަޝްވަރާތަކެއް ކުރެވިފައިވޭ. އަދި އެކަމަށް ޕޮސިޓިވް ޖަވާބުތަކެއް ވެސް ދެއްވާފައިވޭ. އެ މަގަށް އަޅުގަނޑުމެން އެ އުސޫލުން މަސައްކަތްތައް ބައްޓަންކޮށްގެން ކުރިއަށް އެބަގެންދަން"

އިންތިގާލީ ތަރުޖަމާނު ފިރުޒުލް

އެކަން ކަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ އިންޑިއާ ސިފައިންގެ މައްސަލަ ކާމިޔާބުކަމާއެކު ޚައްލުކުރެވޭނެ ކަމުގެ އުންމީދު އޮތްކަމަށެވެ. އަދި އެކަންކަމުގެ ތަފްސީލުތައްވެސް މީޑިއާއާއި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ރައްޔިތުން ބޭނުން ނުވާކަމަށާއި، ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރުމުގެ މަސައްކަތްޕުޅު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.