ޖޯލި މޯލްޑިވްސް އާއި ފިނޮޅު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
01 Nov 2023 | 08:15
ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ދެވަަނަ ލެގުގައި މިއަދު ހަވީރު ފިނޮޅު ބާ އެޓޯލް މޯލްޑިވްސް އާއި ޖޯލި މޯލްޑިވްސް ވާދަކުރި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖޯލި މޯލްޑިވްސް އިން މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ހޯމް އެންޑް އަވޭގެ އުސޫލުން ކުރިޔަށްދާ މިއަހަރުގެ ރިސޯޓް ސްޕަރ ލީގުގައި 6 ޓީމު ވާދަކުރާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 100,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ކުއާޓާ ފައިނަލުގެ ތިން މެޗުން މޮޅުވާ ތިން ޓީމުގެ މެދުގައި ގުރުއަތު ހޮވޭ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ބާކީ އޮތް ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލްގެ މެޗުން މޮޅުވާ ޓީމަކަށެވެ.

ޖޯލި މޯލްޑިވްސްގައި މިއަދު ހަވީރު ކުޅެވުނު މެޗުގެ ފުރަތަަމަ ހާފުގައި ޖޯލިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި މޫސާ ލަތީފް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުސްލިމް މުހައްމަދު އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޖޯލި މޯލްޑިވްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ޖޯލި މޯލްޑިވްސް އިންނެވެ. އެގޮތުން މިހާފު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މޫސާ ލަތީފް އެވެ.

ޖޯލި މޯލްޑިވްސްގެ ލަނޑަށްފަހު ފިނޮޅުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމުގެ އިބްރާހިމް ކާމިލް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް އިމްހާދު އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޖޯލި މޯލްޑިވްސް ކުރީގައި އޮވެގެންނެވެ.

މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ ކެޕްޓަން މުސްލިމް މުހައްމަދު އެވެ.

މިދެޓީމު ވާދަކުރި ފުރަތަމަ ލެގުގެ މެޗު 4-1 ގެ ނަތީޖާއަކުން ޖޯލި މޯލްޑިވްސް އިން ކާމިޔާބުކޮށްފައިވާއިރު، މި މެޗުގެ ނަތީޖާ އާއެކު އެޓީމަށް ސެމީގެ ފުރުސަތު ލިބުނީ 7-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.