ޕްލޭނިންގ މިނިސްޓަރ އަސްލަމް އާއި
ހަބަރު
05 Nov 2023 | 12:26
ފުލެޓް ދިން ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއެކު ޝަކުވާ ހުށަހަޅަން ހުޅުވާލައިފި!

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިއުންތައް އަމާޒުވުމާއިއެކު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ. 

ޕްލޭނިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ފުލެޓް ލިބުނު ލިބުނު މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. 

އެހެންކަމުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 5 ނޮވެންބަރ 2023 އިން ފެށިގެން 9 ނޮވެންބަރ 2023 ގެ 16:00 ގެ ނިއަލަށް ޝަކުވާ ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފުލެޓު ލިބުނު މީހުންގެ ނަންތައް އިއުލާން ކުރީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން ކުރީ އިއުލާނުގައި ބުނެފައިވާ ގޮތުން ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބެނީ 73 އަށް ވުރެ ގިނައިން މާކްސް ލިބުނު މީހުންނަށް ކަމަށެވެ.

އެ މިނިސްޓްރީންގެ އިއުލާނުގައި އިތުރަށް ބުނި ގޮތުގައި، 4،000 ފްލެޓަށް ޝަރުތު ހަމަވި މީހުންނަށް ލިބޭ ފްލެޓުތައް ކަނޑައަޅާނީ ގުރުއަތު ނަގައިގެންނެވެ.

މި ލިސްޓް އިއުލާން ކުރުމާއިއެކު އެތައް ބައެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާކޮށް ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެގޮތުން ފުލެޓަށް އެދުނު މީހުންނަށް ޕޮއިންޓް ދީފައި ހުރިގޮތުން ދެކޮޅު ނުޖެހޭ އެތައް ކަމަކާއި ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ. އަދި ފުލެޓް ލިބުނު މީހުންގެ ހާލަތު ބެލުމަށްވެސް ސަރުކާރުން މާ ބޮޑު މަސައްކަތެއް ކޮށްފައިނުވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. 

އެފަދަ އެތަކެއް ޝަކުވާ ތަކާއި އެކު މިއަދު ހެނދުނުން ފެށިގެން އާއްމުން ވަނީ ޕްލޭނިންގ މިނިސްޓްރީ އަށް ވަދެ އިހްތިޖާޖު ވެސް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.