މީޑިއާ ކައުންސިލްގެ ނަންބޯޑު/ ފޮޓޯ: އިންޓަނެޓް
ހަބަރު
05 Nov 2023 | 17:29
މީޑިއާ ކައުންސިލަށް ލިބެންޖެހޭ 6 ލައްކަ ރުފިޔާ ނުހޯދިވޭ: އޮޑިޓް ރިޕޯޓް

މޯލްޑިވްސް މީޑިއާ ކައުންސިލަށް އަނބުރާ ލިބެންޖެހޭ 6 ލައްކައަށް ވުރެ ގިނަ ފައިސާ ނުލިބިވާކަމަށް އެ ކައުންސިލްގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އެ ފައިސާ އަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ލިވިން އެލަވަންސްގެ ގޮތުގައި ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން އަނބުރާ ހޯދަން ޖެހޭ ފައިސާއެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2022 ވަނަ އޯޑިޓް ރިޕޯޓުގައި ވާ ގޮތުން އެ ކައުންސިލްގެ ފުރަތަމަ ދައުރުގައި ތިއްބެވި 15 މެމްބަރަކަށް ލިވިން އެލަވަންސްގެ ގޮތުގައި އެއްމިލިއަން ބާރަ ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އެއީ މާލިއްޔަތު ގާނޫނާއި ޚިލާފަށް ދޫކޮށްފައިވާ ފައިސާކަން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒު ސޮއިކުރައްވާ ނެރުއްވި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. 

އެގޮތުން އެމްއެމްސީގެ 10 މެމްބަރުންގެ އަތުން އެމްއެމްސީއަށް ލިބެންޖެހޭ ހަލައްކަ ހަތްދިހަފަސްހާސް ރުފިޔާ ނުލިބި ހުރިކަން އޮޑިޓަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އެ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން ކޯޓަށް ދިއުމުން ސުޕްރިމް ކޯޓުން ވަނީ މި މައްސަލަ ދައުލަތާއި އެއްކޮޅަށް ނިންމަވާ އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ކަނޑައަޅާފަ އެވެ. 

އެހެން ނަމަވެސް ސުޕްރިމް ކޯޓުގެ އެ ހުކުމަށް ފަހުވެސް ޝަރީއަތުން ކަނޑައަޅާފައިވާ ގޮތަށް އެ ފައިސާ އަނބުރާ ދައްކާފައެއް ނުވެއެވެ. 

ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުލިބިއްޖެނަމަ އިތުރު މުހުލަތުތަކެއް ދިނުމަށްފަހު ޝަރީއަތް މެދުވެރިކޮށް ފައިސާ ހޯދުމަށް އަންގާފައިވެއެވެ. 

އެހެން ނަމަވެސް މީޑިއާ ކައުންސިލަށް ލިބެންޖެހޭ ހަލައްކަ ހަތްދިހަފަސްހާސް ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.