ވެލަ އަކާއެކު މީހަކު ފީނަނީ-- ފޮޓޯ/އިންޓަނެޓް
ހަބަރު
06 Nov 2023 | 17:11
ވެލާ ކަހަނބަށް މޫދުގައި ކާންދިނުމާ، އެއާއެކު ފީނާ އިރު ހަ ފޫޓަށް ވުރެ ކައިރިވުން މަނާކޮށް ގަވާއިދު އިސްލާހުކޮށްފި!

ވެލަޔާއި ކަހަނބާ އެކު ފަތައި ފީނާ އުޅޭ އިރު، ފީނާ ނުވަތަ ފަތާ މީހާ އާ އެ އެެެއްޗިއްސާ ދެމެދު ހަފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.

"ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާ ބެހޭ ގަވައިދު"އަށް ގެނެވުނު އިސްލާހު އިއްޔެ ގެޒެޓްކޮށްފައިވާއިރު، އޭގައި ވެލަޔާއި ކަހަނބާއި ، އެ ތަކެތީގެ މާޙައުލުތައް ރައްކައުތެރިކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. 

އެގޮތުން، ހިމަނާފައިވާ ކަންކަމުގެ ތެރޭގައި؛

1) ވެލާ ނުވަތަ ކަހަނބަކީ ބާރު އަޑުތަކަށް ފަސޭހައިން ސިހޭ ދިރުމަކަށްވާތީ، ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފީނާއިރު ނުވަތަ ފަތާއިރު އަޑުގަދަވާގޮތަށް ބަކަތަޅައި ހަދައިގެން ނުވާނެއެވެ.  

2) ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފީނައިފައި ނުވަތަ ފަތައިފައި ދާންވާނީ، ވެލާގެ ނުވަތަ ކަހަނބުގެ އަރިމަތިންނެވެ. 

3) ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރު އަބަދުވެސް އެ އެއްޗެއްސާ 6 ފޫޓުގެ ދުރުމިން ބަހައްޓަންވާނެއެވެ. އަދި ފަތާމީހާގެ ނުވަތަ ފީނާމީހާގެ ގާތަށް އެސޮރުމެން އަތުވެއްޖެނަމ،ަ މަޑުމަޑުން ހަމަޖެހިލައިގެން އޮވެ، ވެލާ ނުވަތަ ކަހަނބު ބޭނުން ދިމާއަކަށް ދަންދެން މަޑުކުރަންވާނެއެވެ.

4) ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރު، ނޫނީ ވެލާ ނުވަތަ ކަހަނބު މޫދުއަޑީގައި އޮންނަ ވަގުތުތަކުގައި އޭގެ މަތިން ފަތައިގެން ނުވަތަ ފީނައިގެން ނުވާނެއެވެ. 

5) ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރު، ވެލާގެ ނުވަތަ ކަހަނބު، ފަހަތުން ފައްސައިގެން ނުވާނެއެވ.ެ

6) ވެލަޔާއެކު ނުވަތަ ކަހަނބާއެކު މޫދުގައި ހަރަކާތްތެރިވާއިރު، ވެލާގެ ނުވަތަ ކަހަނބުގެ ޠަބީޢީ އުޅުމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. 

7) ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރު, އަދި އެއްވެސް ޤުދުރަތީ މާޙައުލެއްގައި ހަރަކާތްތެރިވަނިކޮށް ވެލަޔަށް ނުވަތަ ކަހަނބަށް ކާންދީގެން ނުވާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Aug 2026
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ލ އަތޮޅަށެވެ.
10 Aug 2026
އަހަރެމެންނަށް އަވި ބޭނުންވަނީ ކިހާމިންވަރަކަށް؟
ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި "މެދުމިނުގެ" މިންވަރަކަށް އަވީގައި އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި، ވިޓަމިން-ޑީ ލެވެލް މަތިކުރުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި، އަވީގެ ނުރައްކަލުން ސަލާމަތްވެ ހުރެ، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދޭނީ ކިހިނެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ.
10 Aug 2026
އެމެރިކާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލެއް ނުކުރި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާނެކަން އިިއުލާންކޮށްފިއެވެ.
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ