ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރައްވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު-- ފޮޓޯ/އަވަސް
ހަބަރު
08 Nov 2023 | 12:16
ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލީ 5 އަހަރު ތެރޭ ޕާޓީ ވެރިކަމާ ހަމަޔަށް ގެނައުމުގެ ތަސައްވަރާއެކު: އަމްރު

‏ދަ ޑިމޮކްރެޓްސްގެ ރައީސްކަމަށް ވާދަކުރައްވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ ދަ ޑޮމޮކްރެޓްސް ވެރިކަމާ ހަމަޔަށް ގެނައުމުގެ ތަސައްވަރާއެކު ކަމަށް އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. 

އަމްރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ޑިމޮކްރެޓްސް ގެ ރައީސް ކަމަށް ވާދަކުރައްވަނީ އެ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުކުރާނެ ޕާޓީއަށް ހަދާ، އަދި އެންމެ ވަރުގަދަ، ހަރުދަނާ، އުއްމީދީ ޕާޓީއަކަށް ހެދުމަށް ކަމަށެވެ. 

އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ދަ ޑޮމޮކްރެޓްސް ވެރިކަމާ ހަމަޔަށް ގެނައުމުގެ ތަސައްވަރާއެކު އާ ޖީލަކަށް ފުރުސަތުތައް ހޯދާދެވޭނެ ވިސްނުމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މަޤްސަދު ހާސިލްކުރުމަށްޓަކައި ޕާޓީގެ ރައީސް ކަމަށް އިންތިޚާބު ކުރައްވައިފި ނަމަ އޭނާ ކުރައްވާނެ ގިނަ ކަންކަން އަމްރު ވަނީ ފާހަގަކުރައްވާފައެވެ. 

އެގޮތުން ފާހަގަކުރެއްވި ކަންކަމަކީ؛ 

• ދަ ޑިމޮކްރެޓްސްގެ 5 އަހަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލާ، އެއަށް ބިނާކޮށް ކޮންމެ އަހަރަކަށް ޕާޓީގެ މައިގަނޑު ހަރަކާތްތަކުގެ ކަލަންޑަރެއް އެކުލަވާލާ، ޕާޓީގެ ހަރަކާތްތައް ގަވާއިދުން ހިންގުން ޔަގީންކުރުން. މިއެކްޝަން ޕްލޭނާ ކަލަންޑަރުގެ ހަރަކާތްތަކުގެ ތަސައްވަރަކީ 5 އަހަރު ތެރޭ ދަ ޑިމޮކްރެޓްސް ރާއްޖޭގެ ވެރިކަމަށް ގެނައުން.

• އަދުގެ އަދި މުސްތަގުބަލުގެ ރާއްޖެއަށް އެންމެ އެކަށޭނެ ދާއިރާތަކުން ކޮމިޓީތައް އެކުލަވާލާ، ގަވާއިދުން ކޮމިޓީ ބައްދަލުވުން ބާއްވާ، ކޮމިޓީތަކުގެ ފަރާތުން އެދާއިރާގެ މާހިރުންނާ ހިއްސާދާރުންނާ ގަވާއިދުން ބައްދަލުކޮށް، ދިރާސާކޮށް ކަރުދާސް ހުށަހަޅަމުން ގެންދިއުން.

އަޅުގަނޑު ދެކޭ ގޮތުގާ މެނިފެސްޓޯއެއް އެކުލަވާލަން ޖެހޭނީ އިންތިހާބެއް ބޯމަތިވުމުންނެއް ނޫން. ޕާޓީގެ ސިޔާސަތުތައް ކަނޑައެޅި، އަންނަމުންދާ ބަދަލުތަކާ އެކު ސިޔާސަތުތައް ވެސް ފުރިހަމަވަމުން ދާންޖެހޭ. މިސާލަކަށް، މަސްވެރިކަމާ ގުޅޭ ކޮމިޓީއިން މަސްވެރިންނާ ބައްދަލުކުރަމުންދާން ޖެހޭ. ފަތުރުވެރިކަމުގެ ކޮމިޓީއިން ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަށަލައެއްގެ ފަރާތްތަކާ މަޝްވަރާކުރަމުން ދާންޖެހޭ. އީޖާދީނުވަތަ އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ކޮމިޓީއިން ދުނިޔެއަށް އަންނަމުންދާ ޓެކް ކުރިއެރުންތަކާ ގުޅޭ މައުލޫމާތު އެއްކޮށް، ރާއްޖޭގައި އެކަންކަން ހެޔޮ ގޮތުގަ ބޭނުންކުރެވޭނެ ގޮތް ހޯދަމުން ދާންޖެހޭ. މިކޮމިޓީތަކުގެ ހަރަކާތްތަކުގެ މައުލޫމާތު ގަވާއިދުން ހާމަކުރަމުން ގެންދެވޭނެ.

ހުސައިން އަމްރު 

‏• ސިޔާސީ ފަރާތްތަކާ މެދު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވަނީ ގުޅުން ކުޑަވުމާ، ދޮރުން ދޮރަކީ ހަމައެކަނި އިންތިހާބުގެ ތާރީހު ކަނޑައެޅުމުން ހިނގާ ކަމަކަށް ވުން.

"އަޅުގަނޑުގެ ވިސްނުމަކީ ދޮރުން ދޮރަށް ހިނގުމަކީ ގަވާއިދުން އެކި ދާއިރާތަކަށް ބަހާލައިގެން ހިނގަމުންދާ ހަރަކާތަކަށް ހެދުން. ސަރވޭ އާ ޕޯލްތައް މެދުވެރިކޮށް ގިނަގިނައިން ރައްޔިތުންގެ ހިޔާލު ހޯދަމުން ގެންދިއުން. ވީހާވެސް ގިނަ ޕްލެޓްފޯމެއް ބޭނުންކޮށްގެން ޕާޓީގެ ސިޔާސަތުތައް ހާމަކޮށް ކިޔައިދިނުމާ، އޭގެ އިތުރުން ސިޔާސަތުތަކާ މެދު އާއްމުކޮށް މަޝްވަރާކޮށް ހިޔާލު ހޯދަމުން ގެންދިއުން." އަމްރު ވިދާޅުވި އެވެ. 

‏• ދަ ޑިމޮކްރެޓްސް ލީޑަރޝިޕް އެކަޑެމީ ގާއިމްކުރުން. މި ޕްރޮގްރާމަކީ ސިޔާސީ މަސައްކަތަށް އަލަށް ނުކުންނަ ފަރާތްތައް މެންޓަރކޮށްދީ، މުހިއްމު އެކި ހުނަރު ތަރައްގީކުރުމަށް ތަފާތު ތަމްރީންތައް ހިންގުމަށް ފެށޭނެ ޕްރޮގްރާމެއް. މިއެކަޑެމީގެ ސެޝަންތަކާ، މަސައްކަތު ބައްދަލުވުންތައް ރާއްޖޭގެ އެކި ސަރަހައްދުގަ ކުރިއަށް ގެންދިޔުން. 

• ޕާޓީގެ ރެކްރޫޓްމަންޓާ މެމްބަރޝިޕް ޑްރައިވްތަކަކީ ޕާޓީގެ ހުރިހާ މައިގަނޑު ހަރަކާތެއްހެން، އަހަރުގެ ޕާޓީގެ ކަލަންޑަރަށް ބަހާލެވި ގަވާއިދުން ހިނގަމުންދާ ހަރަކާތްތައް ކަމުގައި ޔަގީންކުރުން.

‏• ޒުވާނުންނާ އަންހެނުންގެ ދައުރު ސިޔާސީ ހަރަކާތުގައާ ނިންމުންތައް ނިންމާ މަރުހަލާތަކުގައި އިތުރުކުރުމަށް ޕާޓީގެ ގުނަންތަކާއެކު މަސައްކަތްކުރުމާ، ގަވާއިދުން ހަރަކާތްތައް ހިންގާ ކޮންމެ 4 މަހަކުން މިހަރަކާތްތަކުގެ ރިޕޯޓެއް އެކުލަވާލެވި ހާމަކުރުން.

‏• ދަ ޑިމޮކްރެޓްސްގެ ސިޔާސީ އަދި ފަންނީ ގާބިލްކަން އިތުރުކުރުމަށް ވީހާވެސް ގިނަ ބޭރުގެ ކަމާގުޅޭ ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ބަދަހިކޮށް، އެކި ސަރަހައްދީ އަދި ބައިނަލް އަގްވާމީ ނެޓްވަރކްތަކުން ފުރުސަތުހޯދާ ބައިވެރިވެ، މެންބަރުންނަށް ރާޢްޖޭން ބޭރުން ތަމްރީން ޕްރޮގްރާމާ ‏ތަޖުރިބާ ދަތުރުގެ ފުރުސަތު ހޯދަދިނުން 

•ރާއްޖޭގަ އަދި ދުނިޔޭގަ ހިނގާ މުހިއްމު ކަންތައްތަކާމެދު އަބަދުވެސް ފާރަވެރިވެ، ހަލުވި ފިޔަވަޅު އަޅާ، މިޕާޓީއަކީ އަބަދުވެސް މާތްވެގެންވާ އިސްލާމްދީނާ، ޑިމޮކްރަސީއާ، އިންސާނީ ހައްގާ ކަރާމަތާ، ހެޔޮވެރިކަމާ ހެޔޮ ހިންގުމާ، ޖަވާބުދާރީވުން އިސްކޮށް ދިފާއުކުރާނެ ޕާޓީއެއްކަން ޔަގީންކުރުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ފަހަތުން އަރައި އިނގިރޭސިން ބަލިކޮށް، އާޖެންޓީނާ ފައިނަލަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ކޯޓުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު ޑްރަގާއެކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ ސްކީމެއް
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.