އެމްއެންޕީގެ ކުރީގެ ނާއިބު ރައީސާ މިރްފަތު
ހަބަރު
11 Nov 2023 | 08:07
އެމްއެންޕީގެ ނާއިބު ރައީސާ މިރްފަތު ޕާޓީން ވަކިވެވަޑައިގެންފި!

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސާ މިރްފަތު އިސްމާޢީލް ޝަފީގު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ. 

މިކަމާއި ގުޅިގެން 'ވޮއިސް' އަށް މަޢުލޫމާތު ދެއްވަމުން މިރްފަތު ވިދާޅުވީ، މީގެ މަހެއްހާ ދުވަސްކުރިން އޭނާ އެޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ޕާޓީ ދޫކުރެއްވީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާ، އެކަން ކުރެއްވީ އަމިއްލަ ސަބަބު ތަކަކަށްޓަކައި ކަމަށެވެ. 

މިރްފަތު އިތުރަށް ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އެއްވެސް ޕާޓީއެއްގައި ނޫން ކަމަށާ، އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ޕީޕީއެމް ނުވަތަ ޕީއެންސީން ފެނިދާނެ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައެވެ. 

އެގޮތުން، ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރެއްވުމުގެ ވިސްނުން އޭނާގެ ހުންނެވި އިރު، މުޢިއްޒުގެ ސަރުކާރުގެ މަގާމަކުންވެސް އޭނާ ފެނިދާނެކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައެވެ. 

ޕީޕީއެމް/ޕީއެންސީގެ އައު ސަރުކާރުގެ ތެރެއިން ނުވަތަ މަޖިލީހުގެ ތެރެއިންވެސް އެ ކޯލިޝަން ތަމްސީލް ކުރައްވަން މިރްފަތުގެ ޝައުގުވެރިކަން ހުންނެވިއިރު، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިރްފަތު ހުންނެވި ޕާޓީ، އެމްއެންޕީން ކޯލިޝަން ހަދާފައިވަނީ ވެސް ޕީޕީއެމް/ޕީއެންސީއާ އެކުގައިކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.