ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް---ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Nov 2023 | 12:44
ޕާޓީ ނިޒާމަށްފަހު މިއީ އަމާންކަމާ އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު: ރައީސް

ދިވެހިރާއްޖޭގެ ވެރިކަމުުގެ ނިޒާމުގެ ތެރެއަށްސިޔާސީ ނިޒާމު ތައާރަފުވި ފަހުން މިއީ، އަމާންކަމާ އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާއި މުޚާތަބު ކުރައްވައި ރައީސް ދެއްވި ހިތާބުގައު އެމަނިކުފާނު ވިދާޅުވީ، ޕާޓީ ނިޒާމު ރާއްޖެއަށް ތައާރަފުކުރި ފަހުން މި ފަހަރު ފިޔަވައި އެހެން ފަހަރުތަކުގައި ވެރިކަން ބަދަލުވެފައި ވަނީ ހަމަ އެކަނި ވޯޓަކުން ނޫންކަމަށެވެ.

އެގޮތަށް އެ މަނިކުފާނު ސިފަ ކުރެއްވި ގޮތުގައި މީގެ ކުރިން އެކަން ހިނގާފައި ވަނީ"ވޯޓުން ނުވިއްޔާ ކޯޓުން ނުވަތަ މަގުމަތިން" ވެރިކަން ބަދަލު ކުރުމުގެ އުސޫލެއްގެ ގޮތުގައެވެ. 

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން

ރައީސް ޞާލިޙް

އެގޮތުން ގިނަ ސިޔާސީ ޕާޓީތަކެއް ބައިވެރިވެ ރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ނިމުމަކަށް އައި އައުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިިންތިހާބުގެ ފުރަތަަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކޮށް ދެވަނަ ފަހަރަށް ވޯޓުލުން ކުރިއަށް ގެންދަން ޖެހުނީ މިފަދަ އުސޫލެއްގެ ތެރެއިން ކަމުގައެވެ. 

އެގޮތުން މި ފަހަރު ވެރިކަން އޮމާންކަމާ އެކު ބަދަލުވާކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާ، ވެރިކަން ބަދަލުވެގެން ދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހިރައްޔިތުން ދެކޭ ހިތްވާނެ ކަމަށެވެ.

މި ހޯދުނު ކާމިޔާބީތަށް ހިފަހައްޓާ، ދަމަހައްޓާ ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާ ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތަށް ބަދަލުވާނެ، ވެރިން އައިސް ގޮސްވާނެ. ގާއިމުވެ، ދާއިމުވެ، ދެމިއޮންނާނީ ގައުމާ ރައްޔިތުން

ރައީސް ޞާލިޙް 

ރައީސް ޞާލިހް މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ރަސްމީޔާތުގައި އިހުތިޖާޖު ކުރަން ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.