ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އިންޑިއާ ބޮޑު ވަޒީރު މޯދީއާއެކު---ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Nov 2023 | 12:47
ޚާރިޖީ ގުޅުންތައް އެންމެ ބޮޑަށް ބަދަހި ކުރެވުނީ މި ފާއިތުވި ފަސް އަހަރު: ރައީސް ޞާލިޙް

ރާއްޖެއާއި ދުނިޔޭގެ އެކި ޤައުމުތަކާއި ދެމެދު އޮންނަ ޚާރިޖީ ގުޅުން އެންމެ ބޮޑަށް ބަދަހިވެފައިވަނީ މި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާއި މުޚާތަބު ކުރައްވައި މިއަދު ދެއްވި ޚިތާބުގައެވެ. 

މިއަދުގެ ޚިޠާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ، މި ފާއިތުވި ފަސް އަހަރަކީ ދިވެހި ރާއްޖޭގެ ތާރީޚުގައިވެސް ބައިނަލްއަގުވާމީ ގައުމުތަކާއި އޮންނަ ޚާރިޖީ ގުޅުން އެންމެ ބޮޑަށް ބަދަހި ކުރެވުނު ފަސް އަހަރު ކަމުގައެވެ. 

ވޭތުވި ފަސް އަހަރަކީ، ރާއްޖޭގެ ތާރީޚުގައި ޚާރިޖީ ގުޅުން، ބައިނަލްއަޤްވާމީ ދުނިޔެއާ އެންމެ ބޮޑަށް ބަދަހިކުރެވުނު މުއްދަތު.

ރައީސް ޞާލިޙް 

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ފާއިތުވި ފަސް އަހަރުގެ ތެރޭގައި،  ސިޔާސީ ގުޅުމާއި ޑިޕްލޮމެޓިކް ފުޓްޕްރިންޓް، ދުނިޔޭގެ 185 ޤައުމަށް ފުޅާކުރެވިފައިވާކަމަށާއި އޭގެ ދަށުން މިހާރު ވިސާއާއި ނުލައި ދިވެހިންނަށް ދުނިޔޭގެ 101 ޤައުމަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. 

އަދި މީގެ އިތުރުން އދ ގައި ދިވެހިރާއްޖޭގެ ފަރާތުން ކުރެވުނު މަސައްކަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ނަތީޖާއެއްގެ ގޮތުން 76 ވަނަ އދ ގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ޤައުމަކަށްވެސް ރާއްޖެ ވެގެން ގޮއްސައި ވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ. 

އ.ދ. ގައި ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ވަނީ އިތުރަށް ފުޅާކޮށް ހަރުދަނާކުރެވިފައި. ނަތީޖާއެއްގެ ގޮތުން، އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓި

ރައީސް ޞާލިޙް 

މީގެ އިތުރުން ރައީސްގެ ޚިޠާބުގައި ވަނީ މި ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ލާއިންސާނީ އަދި އަނިޔާވެރި ޖަރީމާ ކަމުގައިވާ ފަލަސްޠީނުގެ ބިމަށް ވެރިވެ އިސްރާއީލުގެ ސިފައިން އެ ޤައުމުގެ ރައްޔިތުންނަން ދެމުން ގެންދާ ހަމަލާތަކަށް އަލި އަޅުވާލައި އެ މައްސަލައިގައި އަބަދުވެސް ދިވެހީން ތިބޭނީ ފަލަސްޠީނާއެކުގައި ކަމުގައި ވިދާޅުވެފައެވެ. 

ރާއްޖޭގެ ޚާރިޖީ ކާމިޔާބީއާ ގުޅޭގޮތުން އެއްޗެއް ދެންނެވުމުގެ ކުރިން، އަޅުގަނޑުމެން ދިވެހިންގެ ހިތްތައް މިއަދު ބަރުވެފައި ވަނީ، ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާތަކުން. ފަލަސްޠީނުގެ މިނިވަންކަމަށް ދިވެހިން ކުރާ ތާއީދު ދުވަހަކުވެސް ބަދަލެއްނުވާނެ.

ރައީސް ޞާލިޙް 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.