ގޭމް އޮފް ތްރޯންސް ގެ ފަހު ސީސަންއިން ފޭނުން ޝޮކް ވާނެކަން ޔަޤީން: އެމިލިއާ ކްލާރކް

28 Feb 2019 | 11:46

"ގޭމް އޮފް ތްރޯންސް" އިން ޑެނޭރިސް ޓާރގޭރްޔަންގެ ރޯލުން ފެނިގެންދާ ކުޅަދާނަ އެކްޓްރެސް އެމީލިއާ ކްލާރކް ވަނީ، އެ މުޅި ސީރީޒްގެ އެންމެ ފަހު އެޕިސޯޑު ބެލުމަށްފަހު އޭނާގެ އިޙްސާސްތައް ފޭނުންނާ އޮސްކާރސް ރެޑް ކާރޕެޓް މަތިން ޙިއްސާކޮށްފައެވެ. "ގޭމް އޮފް ތްރޯންސް" ގެ އެންމެ ފަހު ސީޒަން މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، އެއްވެސް ވަރަކަށް އެ ޝޯ ބަލާފަހުރި ފަރާތްތަކަށް މި ސީޒަންގައިވެސް ތަފާތު، ޝޮކިންގް އެތައް މަންޒަރުތަކެއް ފެނިގެންދާނެކަން ޔަޤީނެވެ. އަދި އެމިލިއާ ބުނާގޮތުންނަމަ، ފޭނުން އިންތިޒާރުކުރާފަދަ އާދަޔާ ޚިލާފު އުފެއްދުމެއް "ގޭމް އޮފް ތްރޯންސް" ޓީމުން ވަނީ ތައްޔާރުކޮށް ނިމިފައެވެ.

އޭޕްރިލް 14 ވަނަ ދުވަހު ނިކުންނަން ހަމަޖެހިފައިވާ "ގޭމް އޮފް ތްރޯންސް" ގެ 8 ވަނަ ސީޒަން ވެގެންދާނީ އެ މުޅި ސީރީޒްގެވެސް އެންމެ ފަހު ސީޒަން އަށެވެ. އަދި އެމީލިއާ ވަނީ، މި ފަހަރުގެ އެޕިސޯޑްތަށް ވެގެންދާނީ، ފޭނުން ގަދަޔަށް ސިއްސުވާލާނެފަދަ ބޮޑެތޮ ކަންތައްތަކެއް ފެނިގެންދާނެ، ޝޫޓިންގް ގައިވެސް ގިނަ ވަގުތުތަކެއް ހޭދަވެގެންގޮސްފައިވާ އެޕިސޯޑުތަކެއްކަމަށް ފާހަގަކޮށްފައެވެ.

އެމީލިއާ ކްލާރކް އަކީ 2011 ވަނަ އަހަރުންސުރެ "ގޭމް އޮފް ތްރޯންސް" ސީރީޒުން ފޭނުންނަށް ކޮންމެ ސީޒަންއަކުންވެސް ފެނިގެންގޮސްފައިވާ މަޤްބޫލު އެކްޓްރަސް އެކެވެ. އަދި މި ފަހު ސީޒަންގައި ފެނިގެންދާނީ އެމިލިއާ އަދާ ކުރާ ޑެނޭރިސްގެ ކެރެކްޓާރ، ކިޓް ހެރެިންގްޓަންގެ ޖޮން ސްނޯއާއި އެކު ވެސްޓެރޮސް ގެ ވެރިކަން ލިބިގަތުމަށް ކުރާ ތަފާތު އެކި މަސައްކަތްތަކުގެ އިތުރުން، އެމީހުންނާއި ދެކޮޅަށް ނުކުންނަ އެކި ނުރައްކާތަކާއި ކުރިމަތިލާ މަންޒަރުތަކެވެ.

މިހާތަނަށް މުޅި ދުނިޔެ ދުއް އެންމެ ވަރުގަދަ އެއް ސީރީޒް ޝޫޓްކޮށް ނިންމާލިއިރު، ސެޓްތަކުން އެއްވެސް އެއްޗެއް އޭނާ ހަނދާނަކަށްވެސް ނުނަގާކަމަށް އެމީލިއާ ކްލާރކް ވަނީ ނޫސްވެރިންނާ ހިއްސާކޮށްފައެވެ. ނަމަވެސް އޭނާގެ "ގޭމް އޮފް ތްރޯންސް" ދަތުރު ނިމުމަކާ ގާތްވެފައިވާއިރު، އެމިލިއާ ވަނީ އޭނާގެ ކެރެކްޓާރ ޑެނޭރިސް ގެންގުޅޭ ތިން ޑްރެގަން ރަމްޒުވާ ޓެޓޫއެއް އޭނާގެ އަތުގައި ކުރަހާފައެވެ. 

Advertisement

ކޮމެންޓް