ކުލަބް ވެލެންސިއާގެ ކުޅުންތެރިން ދިވެހި ޕްރެމިއާ ލީގުގެ މެޗެއް ފެށުމުގެ ކުރިން. ފޮޓޯ: ވެލެންސިއާގެ ފޭސްބުކް ޕޭޖުން
ކުޅިވަރު
15 Nov 2023 | 12:56
ލީގުގައި ބާކީހުރި މެޗުތައް ނުކުޅެން ކުލަބް ވެލެންސިއާ އިން ނިންމައިފި

ގިނަ ދުވަސްތަކެއް ވަންދެން ލީގުގެ ކުޅުން މެދުކަނޑާލާފައި އޮތުމަށް ފަހު މާދަމާ އަލުން ފަށާއިރު، ލީގުގައި ބަކީ ހުރި މެޗުތަކުގައި ބައިވެރިވެވެން ނެތްކަމަށް ކުލަބް ވެލެންސިއާ އިން އެފްއޭއެމަށް އަންގައިފި އެވެ.

ކުލަބް ވެލެންސިއާ އިން މިއަދު ނެރެފައި ވާ ބަޔާނެއްގައި ވާގޮތުން ގިނަ ސަބަބުތަކާއި ހުރެ ދިވެހި ޕްރެމިއާ ލީގުގައި ބާކީ ހުރި މެޗުތައް ފުރިހަމަ ނުކުރެވޭނެ ވާހަކަ އެކުލަބުން ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އާއި ހިއްސާކޮށްފައެވެ. އަދި އެކުލަބުން މިފަދަ ނިންމުމެއް ނިންމަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މާލީ ގޮތުން އެކުލަބަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އަވަސް އަވަހަށް ލީގު ތާވަލު ބަދަލުވެ، ފުޓްބޯޅަ ސީޒަން ދިގުދެމިގެން ގޮސްފައިވާތީ މާލީގޮތުން ފުއްދުންތެރިކަމެއް ނެތި އިތުރު މެޗުތަކެއް ކުޅެން ވެއްޖެނަމަ އެކަމުގެ ސަބަބުން މި ކުލަބަށް ލިބިދާނެ ގެއްލުންތަކުން ދުރާލައި ރައްކާތެރިވުމުގެ ގޮތުން އެކުލަބުން ނިންމި ނިންމުމެއް ކަމުގައި އެ ބަޔާނުގައި ވެއެވެ.

ލީގުގައި ވެލެންސިޔާ އިން މިހާތަނަށް 9 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 2 ޕޮއިންޓެވެ. އަދި އެޓީމު މިވަގުތު އޮތީ 8 ޓީމު ހިމެނޭ ލީގު ތާވަލުގެ ފުލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.