އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް
ހަބަރު
17 Nov 2023 | 09:09
އިންތިޚާބީ ރައީސް ޑރ މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގެ ކަވަރޭޖް
17 Nov - 17:01

17 Nov - 16:58

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭފުޅުން ވަޑައިގެންނެވުން-- ފޮޓޯ/މަޖިލިސް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭފުޅުން ވަޑައިގެންނެވުން-- ފޮޓޯ/މަޖިލިސް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭފުޅުން ވަޑައިގެންނެވުން-- ފޮޓޯ/މަޖިލިސް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭފުޅުން ވަޑައިގެންނެވުން-- ފޮޓޯ/މަޖިލިސް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭފުޅުން ވަޑައިގެންނެވުން-- ފޮޓޯ/މަޖިލިސް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭފުޅުން ވަޑައިގެންނެވުން-- ފޮޓޯ/މަޖިލިސް

17 Nov - 16:16

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވައިފި 

17 Nov - 16:03

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވައިފި

17 Nov - 15:33

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ ނައިބު، މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ބަންދުކުރެވޭ ސަރަހައްދުތަކަށް މިހާރު ވަނީ ބައެއް ބަދަލުތައް ގެނެސްފި

17 Nov - 10:41

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ފެޓްރިޝިއާ ސްކޮޓްލޭންޑް ކޭސީ ރާއްޖެ ވަޑައިގެންފި. 

ފެޓްރިޝިއާ ސްކޮޓްލޭންޑް ކޭސީ އަށް މަރުހަބާ ދެންނެވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން. 

17 Nov - 10:37

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ޕާކިސްތާނުގެ ފެޑަރަލް މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އެންޑް ޕާލަމެންޓްރީ އެފެއާޒް މުރުތާޒް ރާއްޖެ ވަޑައިގެންފި. 

މުރުތާޒަށް މަރުޚަބާ ދެންނެވީ ފޮރިން މިނިސްޓްރީ އާއި އިންތިޚާބީ ރައީސްގެ އޮފީހުގެ އިސް ބޭފުޅުން. 

17 Nov - 10:32

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ތުރުކިޔޭގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހެމެޓް ނޫރީ އެރްސޯއީ ވަޑައިގެންފި.

މެހެމެޓް އަށް މަރުޚަބާ ދެންނެވީ ފޮރިން މިނިސްޓްރީ އާއި އިންތިޚާބީ ރައީސްގެ އޮފީހުގެ އިސް ބޭފުޅުން

17 Nov - 09:41

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާ ވަގުތުގައި މާލޭގެ މަގުތަކުގައި ބޮޑެތި ވެހިކަލްތައް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފި 

ދުއްވުން މަނާ ވާނީ "ސީ2"، "ސީ0"، "ޑީ"، "އީ" އަދި "ވީ" ކެޓަގަރީގެ ވެހިކަލްތައް

17 Nov - 09:40

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތާ ގުޅިގެން ޕާކުކުރުން މަނާ ކުރެވޭ ސަރަހައްދާއި ބަންދުކުރެވޭ ފަޅުގެ ސަރަހައްދު.

17 Nov - 09:37

ފުލުހުން: އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު، މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތާ ގުޅިގެން ނޮވެމްބަރު 17 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ބަންދުކުރެވޭ ސަރަހައްދުތައް

17 Nov - 09:32

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބަންގްލަދޭޝްގެ ފަރާތުން ވަޑައިގެންފައިވަނީ އެގައުމުގެ މިނިސްޓަރ އޮފް އިންފޮމޭޝަން ހަސަން މަހްމޫދު. 

ހަސަން މަހްމޫދަށް އެއާޕޯޓް އިން މަރުހަބާ ދެންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު

17 Nov - 09:25

ހުވާކުރުމުގެ ރަސްމިއްޔާތަށް ދަޢުވަތު އެރުވުނު ގިނަ ގައުމުތަކުގެ ބޭފުޅުން ރާއްޖެ ވަޑައިގެންފި. 

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވައިގެން 46 ގައުމަކުން ގިނަ އަދަދެއްގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވާނެ.

މިހާތަނަށް ރާއްޖެ ވަޑައިގެންފައިވަނީ,

• ޗައިނާ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޗިން

• އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުއްވި އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫ.


• ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޮލަމް ސަރްވާރު
• ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އަދި ފޮރިން މިނިސްޓްރީގެ ނައިބު ކޮމުރާ މަސައިއޯ
• ދެކުނު ކޮރެއާގެ ރައީސްގެ ހާއްސަ މަންދޫބު އަދި ބުސާން ސިޓީގެ މޭޔަރު ޕާކް ހިއުޖޫން

• ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފު

މި ރަސްމިއްޔާތުގައި ބޭރު ގައުމެއްގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ލަންކާގެ ރައީސް ރަނިލް. ރަނިލް ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި. 

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު އޮންނާނެއެވެ.

ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މަޤާމުގެ ޤާނޫނީ ހުވައި ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމަށްފަހު ތަޤުރީރު ކުރައްވާނެއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ މި ރަސްމިއްޔާތުގެ އެންމެ ފަހުގެ މައުލޫމާތު ވޮއިސް ލައިވް ކަވަރޭޖް މެދުވެރިކޮށް ގެނެސްދެވޭނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.