ގުޑުގުޑާ ދޫނިތަކެއް ކުޅުދުއްފުށީ ކުޅީގައި: ފޮޓޯ މި ހާޒް
ހަބަރު
18 Nov 2023 | 13:46
އަނެއްކާވެސް ގުޑުގުޑާ ދޫނީގެ މަންޒިލަކަށް ދިވެހިރާއްޖެ!

ކޮންމެ އަހަރެއްގެވެސް އިރުގައި މޫސުމާ ދިމާކޮށް ހިޖުރަ ކުރާ ދޫނީގެ އާއިލާތަކުގެ ގިނަ އަދަދެއްގެ ދޫނިތަކުގެ މަންޒިލަކަށް ރާއްޖޭގެ ފެހިކަންގަދަ ރަށްތަކާއި ޤުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ކުޅިތައް ވެގެންދެއެވެ. 

އެގޮތުން މިއަހަރުގެ އިރުވައި މޫސުމާއި ދިމާކޮށް ހދ ކުޅުދުއްފުށީ ޗަކަ ކިޅިއަށް ޖައްސައިތިބި ގުޑުގުޑާ ދޫނިތަކާއެކު މިއަހަރުގެ ވެސް ހިޖުރަ ކުރާ ދޫނިތަކުގެ އުފާވެރި މޫސުމް ފެށުނީކަމަށް ބެލެވެއެވެ. 

ކުރިއަށް ދެން އޮތީ އިރުވައި މޫސުމެވެ. ފިނި މޫސުމާ ދިމާކޮށް އެފްރިކާ ބައްރަށް ދަތުރުކުރާ ބައެއް ދޫނިތަކަށް ބެހިގެން, "ސްޓޮޕްއޯވަރ" މަންޒިލެއްގެ ގޮތުގައި ރާއްޖެ ޚިޔާރުކުރެއެވެ.

މޫސުމީ ދޫނިތަކާއި އަދި މިދުވަސްވަރު ހިޖުރަކުރާ ދޮންދޫނި (ހެއިނަކަތް ދޫނި)ތަކުގެ މޫސުމީ ދަތުރަކީ (ކާބަފައިންގެ ޒަމާނުއްސުރެ) އިރުވައި މޫސުން ފެށެން އުޅޭކަމުގެ އަލާމާތްކަމަށް ދިވެހިން ފާހަގަކުރާކަމެކެވެ.

މިދުވަސްވަރު އިންޓަރ-ޓްރޮޕިކަލް ކޮންވަރޖެންސް ޒޯން (އައި.ޓީ.ސީ.ޒެޑް)ގެ އުތުރުން އިރަށް ވައިގެ މިސްރާބުހުރުމުން, އަރަބި ކަނޑު ހުރަސްކޮށް ދަތުރުކުރަން މިފަދަ މޫސުމީ ދޫނިތަކަށް ފަސޭހަވެގެން ދެއެވެ. އަދި މިދަތުރުގައި ބައެއް ބާވަތުގެ ދޫނީގެ ބައިގަނޑުތަކަށް މަގުއޮޅިގެން ނުވަތަ ބެހިގެން ވަރަށް ގިނަ ފަހަރަށް ރާއްޖެ ހުރަސްކޮށް ދެއެވެ. 

އެހެނަސް ފާހަގަކޮށްލަންޖެހޭ ހިތާމަހުރި އެއްކަމަކީ، މިފަދައިން ރާއްޖެ ޒިޔާރަތްކުރާ ދޫނިތައް ހިފައި އެތަކެއްޗަށް ހާނިކަ ކުރުމުގެ އާދަ މަދުން ނަމަވެސް އަދިވެސް މިދިވެހި މުޖުތަމަޢުގައި އޮތްކަމެވެ. 

މަޅިފައްޗާއ ދަންތުރަތައްފަދަ އާލާތްތައް ބޭނުންކޮށްގެން، ރާއްޖެއަށް ހިޖުރަކުރާ މޫސުމީ ދޫނި ހިފައިގެން ކޮށިކޮއްޓަށްލައި ބަންދުކޮށްގެން ގެންގުޅުމަކީ ދިވެހިން ކުރިން ކުރަމުން އައިކަމެކެވެ. ނަމަވެސް މިފަދަ ދޫނިތަކަށް ޚާއްސަކުރެވިގެން ގަވައިދެއްހެދި، ރާއްޖެއަށް ހިޖުރަކުރާ ހުރިހާ ދޫނިވެސް މިހާރު ވަނީ ޤާނޫނީގޮތުން ހިމާޔަތްކުރެވިފައެވެ.

މިގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު: 93/4)ގެ ދަށުން ހެދިފައިވާ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-25)ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ. އަދި މިފަދަ ދޫނިތައް ހިފައި ހައްޔަރުކޮށް، އެއްވެސް ގޯނާއެއް ކުރުމަކީ ޤާނޫނީގޮތުން ކުށެކެވެ. އަދި މިގަވައިދުގެ ދަށުން ޖޫރިމަނާކުރެވޭނެ ކުށެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.