ކުރީގެ ހޯމް މިނިސްޓަރު އިމްރާނު/ ފޮޓޯ: ހޯމް މިނިސްޓްރީ
ހަބަރު
18 Nov 2023 | 14:12
އާ ރައީސަށް މަރުހަބާ ދަންނަވާ އިމްރާނު އެދިލެއްވީ މެންޑޭޓު ތަންފީޒުކުރެއްވުމަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ ޤާނޫނީ ހުވާކުރެއްވުމާއި ގުޅިގެން ނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ މަރުޙަބާ ދަންނަވައިފި އެވެ. 

ރައީސް ޑރ މުއިއްޒަށް މަރުހަބާ ދަންނަވާ އިމްރާނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުއިއްޒަށާއި، އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފުގެ އިތުރުން، އާ ސަރުކާރުގެ ކެބިނެޓު ވަޒީރުންނާއި އިސް މަޤާމުތައް ފުރުއްވާ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. 

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ މުއިއްޒު އިންތިޚާބު ކުރައްވާ އާ ސަރުކާރާއި ރައްޔިތުން ހަވާލުކުރި މެންޑޭޓާއި އެއްގޮތަށް ކުރިއަށް އޮތް ފަސް އަހަރު ދިވެހި ޤައުމުގެ ލާބަޔާއި މަންފާއަށް އާ ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށް އިމްރާނު ވިދާޅުވި އެވެ. 

އެއާއެކު އިމްރާނު ވަނީ ޑރ މުއިއްޒަށް ހެޔޮ ވެރިކަމެއް ކުރުމުގެ ތައުފީޤު މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ. 

"ދިވެހި ލޮބުވެތި ރައްޔިތުން ތިޔަބޭފުޅުންނަށް ދެއްވި މޭންޑޭޓާ އެއްގޮތަށް، ކުރިއަށް މި އޮތް 5 އަހަރަކީ ދިވެހި ޤައުމަށް ލާބަޔާ މަންފާ ލިބިގެންދާނެ 5 އަހަރު ކަމުގައި އުންމީދުކުރަމެވެ. ހެޔޮ ވެރިކަމެއް ކުރުމުގެ ތައުފީޤު ތިޔަބޭފުޅުންނަށް މިންވަރު ކޮށްދެއްވުން އެދި ދުޢާކުރަން"

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ނިމިގެން ދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އާ ސަރުކާރަށް މަރުހަބާ ދަންނަވާފައިވާއިރު، ދެން ހޯމް މިނިސްޓްރީ އާއި ހަވާލުވެވަޑައިގަންނަވާނީ ސިފައިންގެއަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ، އަދި ސެކިއުރިޓީގެ ރޮގުން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ސިފައިންގޭގެ ކުރީގެ ކެޕްޓަން އަލީ އިހުސާނެވެ. 

މިނިސްޓަރު އިހުސާން ވަނީ ހޯމް މިނިސްޓްރީގެ ޒިންމާތައް އަދާކޮށް، ގައުމުގެ އަމަން އަމާންކަމާއި ސުލްހަވެރިކަން ޤާއިމްކުރުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ