ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް--
ހަބަރު
19 Nov 2023 | 16:13
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފި!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް، ދިވެހިރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރުން ހާމަކޮށްފި އެވެ. 

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ، ސަރުކާރަށް މިހާތަނަށް ލިބުނު މައުލޫމާތު ތަކުން އެނގޭ ގޮތުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދަކީ 77 ކަމަށެވެ. 

އޭގެ ތެރެއިން 24 ސިފައިން ތިބީ އިންޑިޔާއިން ހަދިޔާކުރި އެއް ހެލިކޮޕްޓަރު ބަލަހަށްޓައި ދުއްވުމަށް ކަމަށާ އަދި އަނެއް ހެލިކޮޕްޓަރ ދުއްވުމަށް 26 ސިފައިންތިބި އިރު، ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް 25 ސިފައިން ތިބި ކަމަށް ފިރުޒުލް ވިދާޅުވި އެވެ. މީގެ އިތުރުން މެއިންޓަނަންސް އާއި އިންޖީނިއަރިން ފަދަ ކަންކަން ކުރުމަށް އިތުރު ދެ ސިފައިން ތިބި ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް އެއްކުރެވިފައި އެބަވޭ، އިންޑިޔާ ސިފައިން ގާއިމްވެތިބެ، ދެ ހެލިކޮޕްޓަރ އާއި ޑޯނިއާ މަތިންދާ ބޯޓުން، ކޮށްފައިވާ އެކިއެކި މަސައްކަތް ތަކުގެ މައުލޫމާތު. އެގޮތުން، އެކިއެކި މެޑިކަލް އިވަކުއޭޝަން ތަކުގެ 661 އިވަކުއޭޝަން، ސަވައިލަންސް ގެ 220 މަސައްކަތް ނުވަތަ އޮޕަރޭޝަން، ސާޗް މިޝަންގެ 100 އޮޕަރޭޝަން. މީގެ އިތުރުން އަދި، އެއާކުރޫ ޓްރާންސްފާރ، ކޮވިޑް ސާމްޕަލް ކަލެކްޝަން، ވީއައިޕީ އެކިއެކި މަސައްކަތް އަދި ހަމައެހެންމެ، ޑިފެންސްއާ ގުޅޭ އެކިއެކި ތަމްރީނު ތަކުގެ މަސައްކަތް ކުރިއަށް ގެންދަވާފައިވޭ. މި މަސައްކަތް ތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާ ތަކެއް ވެފައިވޭ. އެހެން ނަމަވެސް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން އެއްވެސް ގައުމެއްގެ ބޭރު ސިފައިން ދިވެހި ރާއްޖޭގައި ގާއިމްވެ ތިބުމެއް." 

ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް

ފިރުޒުލް ވިދާޅުވީ، ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ދިވެހިން ބޭނުން ނުވާ ކަމެއް ކަމަށް، ދިވެހި ރައްޔިތުން ނިންމާފައިވާއިރު، އައުސަރުކާރުގެ މަސައްކަތް ބައްޓަން ވެފައިވަނީ އެ ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ. އަދި މިހާރުވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމާއި، ރާއްޖޭގެ ސަލާމަތަށް ނުރައްކާވާގޮތަށް ހަދާފައި ހުރި އެއްބަސްވުންތައް ހާމަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އިންޑިޔާ އާއި ވާހަކަ ދައްކައިގެން އެ ގައުމުގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށްވެސް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާއިރު އެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. 

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން، އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ރަސްމީކޮށް އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.