ފެހްންދޫ އަތުން ނިލަންދޫ މޮޅުވިއިރު އީގަލްސް ތާވަލުގެ 2 ވަނައަށް

07 Oct 2018 | 05:25

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބ.ފެހެންދޫ އަތުން މޮޅުވެ ފ.ނިލަންދޫ އިން މުހިންމު ހޯދައިފިއެވެ.

ނިލަންދޫއިން މި މެޗު ކާމިޔާބު ކުރީ 3-1 ކުންނެވެ.

ނިލަންދޫގެ ލަނޑުތައް ޖަހާދިފައިވަނީ އެ ޓީމުގެ ފުރުގާން، ސެމުއެލް، އަދި ޝާންއެވެ. ފެހެންދޫގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ޖަހާދިނީ މާޖިދެވެ.

ނިލަންދޫ މި މެޗުން ކަށަވަރު ކުރި 3 ޕޮއިންޓާއެކު ލީގުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެ ޓީމުން ވަނީ ބޮޑު ކޮށްފައެވެ.

ށ.ފޯކައިދޫ 5-0 ކުން ބަލިކޮށް އީގަލްސް ވަނީ ތާވަލުގެ 2 ވަނައަށް ޖެހިލާފައެވެ. އީގަލްސްގެ 5 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހާފައިވަނީ ރިޒްވާނެވެ. އަނެއް 2 ލަނޑު ޖަހާދިނީ ޝީފާއު އަދި މުސަންނިފެވެ. 

Advertisement

ކޮމެންޓް