ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް--
ހަބަރު
20 Nov 2023 | 11:32
ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ އިސްތިއުނާފް, ޕީޖީން އެދިގެން ބާތިލުކޮށްފި

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ނާޒިމް ސައްތާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން އެ މައްސަލަ ހައި ކޯޓުން ބާތިލު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ ނާޒިމް އާއި އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ނާޒިމްއަށް ހުކުމް ކުރަން އޮތް ދުވަހު (15 ސެޕްޓެމްބަރު 2022) ކުށަށް އިއުތިރާފްވެ މާފަށް އެދިފައިވާ އިރު، ކްރިމިނަލް ކޯޓުން އޭނާއަށް އިއްވީ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ އަދަބެކެވެ.

ކްރިމިނަލް ކޯޓުން ނާޒިމްގެ މައްޗަށް ކަނޑައެޅި އަދަބު މާ ކުޑަ ވުމުން އެ އަދަބުގެބައި ހައިކޯޓުގައި އިސްތިއުނާފް ކުރީ ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީސް (ޕީޖީ) އިންނެވެ. 

އެހެން ނަމަވެސް، އެ މައްސަލަ އާއި ގުޅިގެން ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މައްސަލަ ބާތިލް ކޮށްފައެވެ. 

އެގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައި ވަނީ، ނާޒިމް ހުކުމް ތަންފީޒުކޮށް މިހާރު ނިންމާފައި ވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިހާރު ނެތް ކަމަށް ބުނެ އެ މައްސަލަ ކުރިއަށް ނުގެންގޮސް ބާތިލް ކުރުމަށް ޕީޖީ އޮފީހުން އެދިފައިވާތީ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.