ޕީއެންސީ އަށް ސޮއިކުރި މެމްބަރުންނާއި އެކު ރައީސް ޑރ މުއިއްޒު. ފޮޓޯ: ދިޔަރެސް
ހަބަރު
20 Nov 2023 | 14:55
ފޮނަދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ވެރިކަން ކުރާ ޕީއެންސީއަށް

ލ ފޮނަދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ.

ރޭ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ގެކޮޅު މ ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ލ ފޮނަދޫ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި، ޕީޕީއެމް/ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީގެ ހުރިހާ މެންބަރުން ވަނީ ޕީއެންސީއަށް ވަނީ ސޮއިކުރައްވައިފައެެވެ.

އެބޭފުޅުން ޕީއެންސީއަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މެމްބަރޝިޕް ފޯމުތަކާއި ހަވާލުވެވަޑައިގަތީ ރައީސް ޑރ މުޢިއްޒެވެ.

މިރަސްމިއްޔާތުގައި ފޮނަދޫ އަށް ނިސްބަތްވާ ދައުލަތުގެ ދެ ވަޒީރުން ކަމަށްވާ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް އާއި މާލީ ވަޒީރު މުޙައްމަދު ޝަފީޤް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ލ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޟް ވެސް ރޭ ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.

ޕީއެންސީ އަށް 10،000 މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ވަނީ ފަށައިފައެވެ. ރައީސް ޑރ މުޢިއްޒު އިރުޗާދު ދެއްވައިިފައިވަނީ އެ ޕާޓީއާ ކޯލިޝަންގައި އޮތް ޕީޕީއެމް އިން އެއްވެސް މެންބަރަކު ވަކި ނުކޮށް ޕީއެންސީއަށް 10،000 މެމްބަރުން ހަމަކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.